ސެމްސަންގް އެސް21 ސީރީޒްގެ އެންމެ ފަހުގެ ފޯނު، ވަރަށް އަވަހަށް އުރީދޫ މޫލީއަށް އަންނަނީ!

ރީތި މޮޅު ފޯނެއް ބޭނުން ނުވާނެ މީހަކު ހަމަ ޔަގީނުން ވެސް ވަރަށް މަދު ވާނެއެވެ. ޚާއްސަކޮށް މިއީ ސްމާޓްފޯނުގެ ޒަމާން ކަމަށްވާއިރު، ގެންގުޅެން އަތަށް ފަސޭޙަ، އެހާމެ ކުލަ ރީތި އަދި ރީތި ފޮޓޯ ނެގޭނެ ފޯނެއް ލިބުމަކީ އެތައް ބަޔަކު ބޭނުންވާނެ އެއްކަމެވެ.
ޒަމާނީ އެންމެ ފަހުގެ އޮރިޖިނަލް ފޯނު ރާއްޖެ އެތެރެކޮށް، ހެޔޮ އަގުގައި ކަސްޓަމަރުންނަށް ފޯރުކޮށްދޭ، އަދި އެންމެ ހިތްހަމަޖެހޭ މުއާސަލާތީ ޚިދުމަތްވެސްދޭ އެއް ކުންފުނި ކަމަށްވާ އުރީދޫއިން މިހާރު ތައްޔާރު ވަމުންދަނީ ސެމްސަންގް ގެލެކްސީ އެސް21 ސީރީޒްގެ 5ޖީ ފޯނު ރައްޔިތުންނާ ހަމައަށް ގެނެސް ދިނުމަށެވެ.
އެގޮތުން އުރީދޫ މޫލީއަށް ސެމްސަންގް ގެލެކްސީ އެސް21 5ޖީ ފޯނު ވަރަށް އަވަހަށް އަންނާނެ ކަމަށް އުރީދޫއިން މައުލޫމާތު ދީފައިވެއެވެ.
އުރީދޫއިން ބުނި ގޮތުގައި މިފޯނު ވަރަށް އަވަހަށް ޕްރީއޯޑަރަށް ދޫކުރަން ފަށާނެ ކަމަށާއި އިންސްޓޯލްމަންޓަށާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށް ވެސް ނެގޭނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ.
ފޮޓޯ ކޮލިޓީ ރަނގަޅުވެފައި، ހަލާކު ނުވެ ގިނަ ދުވަހު ބޭނުން ކުރެވޭނެކަމަށް ނަން މަޝްހޫރު ވެފައިވާ ސެމްސަންގް ފޯނުތަކުގެ މިފަހުގެ އުފެއްދުމަކީ ފޯނުގެ ކުރިމަތި ބިއްލޫރިން، ފަހަތް ޕްލާސްޓިކުން އަދި އެލުމިނިއަމް ފްރޭމެއް ލައްވާފައިވާ، ތިން ކެމެރާ އިންނަ އަދި ވަރަށް ރީތިކޮށް ފަރުމާ ކޮށްފައިވާ "ވޯޓަރ ރެސިސްޓަންޓް" ފޯނެކެވެ.