ބޮލީވުޑް

ފޭނުން ބުނަނީ މީރާ ވައްތަރީ ކަރީނާ އާ ކަމަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބޮލީވުޑު ތަރި ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ކަޕޫރު، ކަރީނާ ކަޕޫރާ ވައްތަރު ކަމަށް ފޭނުން ބުނެފިއެވެ.

Ads by STELCO

މީރާ މިހާރު އަންނަނީ އާއިލާއާއެކު ގޯއާގައި ޗުއްޓީ ހޭދަކުރަމުންނެވެ. މި ޗުއްޓީގެ ގިނަ ފޮޓޯތަކެއް ވެސް މީރާ އަންނަނީ މީސްމީޑިއާގައި ހިއްސާ ކުރަމުންނެވެ.

އެގޮތުން މީރާ އިންސްޓަގްރާމުގައި އާންމުކުރި ފޮޓޯތަކަކަށް ފޭނުންވަނީ އޭނާ ކަރީނާ ކަޕޫރާ ވައްތަރު ކަމަށް ބުނެފައެވެ. ކަރީނާ އާ ވައްތަރު ކަމަށް ބުނެ ފޭނުން ކޮމެންޓު ކުރި ނަމަވެސް ބަދަލުގައި މީރާ އެއްޗެއް ބުނެފައެއް ނުވެއެވެ.

ޝާހިދު އާއި މީރާ ދެ ދަރިންނާއެކު ގޯއާއަށް ފުރާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

މީރާ އާ ކަރީނާ ވައްތަރު ކަމަށް ފޭނުން ބުނެފައިވާއިރު، ޝާހިދު ކަޕޫރު އާއި ކަރީނާ ކަޕޫރަކީ ކުރީގެ ދެ ލޯބިވެރިންނެވެ. ޝާހިދުއާ ރައްޓެހިވެގެން އުޅެނިކޮށް ކަރީނާ ސައިފް އާއެކު ކުޅުނު ފިލްމެއްގެ ތެރޭގައި ދެމީހުންގެ ދެމެދުގައި އޮތް ގުޅުން ބަދަހިވެ، ކަރީނާ ޝާހިދު ދޫކޮށް ސައިފް ކައިރިއަށް ދިޔައީ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!