ކުޅުދުއްފުށި ހޮސްޕިޓަލްގެ ގަވަނިން ބޯޑް އެކުލަވާލައިފި

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވަނިން ބޯޑް މިއަދު އެކުލަވާލާ އެ ބޯޑަށް މެންބަރުން އައްޔަން ކޮށްފި އެވެ.
ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ހަ ބޭފުޅަކު ވަނީ ޢައްޔަން ކުރައްވާފައެވެ.
ބޯޑްގައި ހިމެނިވަޑައިގަންނަވަނީ ހދ. ކުޅުދުއްފުށި، ތަރި، އާމިނަތު ގާސިމް އާއި މ. ކެލްވީނިއާ ޑރ. އާމިނަތު ނަޒީރު އާއި ޏ. ފުވައްމުލައް ދޫޑިގަން، ޒީނިޔާ، މުއުމިނާ އަބްދުﷲ އާއި ހދ. ކުޅުދުއްފުށި، ހަނީމޫން، ހަސަން ޝުޖާއު އާއި ހދ. ކުޅުދުއްފުށި، މަޝާއިރު، އަބްދުއްލަތީފް ހަސަންގެ އިތުރުން ހދ.ކުޅުދުއްފުށި، ރޯމާ އަހްމަދު ދާއޫދު އެވެ.
މި ބޯޑުގެ ޗެއަރޕަރސަންގެ މަގާމަށް ރައީސް ސާލިހް އައްޔަންކުރެއްވީ އާމިނަތު ޤާސިމެވެ.