ޚަބަރު

ދެއްވަދޫ ކްލަސްޓާ: ފައްސިވި މީހުންގެ އަދަދު 78 އަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ގއ. ދެއްވަދޫ ކްލަސްޓާއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 78 އަށް އަރައިފިއެވެ.

Ads by MWSC

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީން ބުނީ މީގެ ތެރެއިން މި ކްލަސްޓާއާ ގުޅިގެން މިހާތަނަށް 476 ކޮންޓެކްޓުން ހޯދިފައިވާ ކަމަށެވެ. އަދި މި ކްލަސްޓާއާ ގުޅިގެން 1413 ސާމްޕަލް ޓެސްޓު ކުރެވިފައިވާ ކަމަށްވެސް އެޗްއީއޯސީން ބުނެއެވެ. މީގެ އިތުރުން ކޮވިޑް-19 އަށް ފައްސިވި 71 ކޭސް ފެނިފައި ވަނީ ދެއްވަދޫންނެވެ.

ގާތްގަނޑަކަށް 1380 މީހުންގެ އާބާދީއެއް އޮންނަ ދެއްވަދޫއިން ކޮވިޑްގެ ފުރަތަމަ ކޮވިޑް ކޭހެއް ރިޕޯޓް ކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އެ ދުވަހު ފައްސިވީ އެރަށުގައި ހޯމް ކަރަންޓީގައި ހުރި މީހެކެވެ.

ރާއްޖޭގައި ބަލި ފެތުރުން މިހާރު ބޮޑުތަނުން ކޮންޓްރޯލް ވެފައިވީ ނަމަވެސް، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ބައެއް ފަރާތްތަކުން ފަރުވާ ކުޑަކުރަމުން އަންނަކަން އެޗްޕީއޭއިން ފާހަގަ ކުރެއެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 14,712 މީހުން ފައްސި ވެފައިވެއެވެ. ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައި ވަނީ ޖުމްލަ 13,639 މީހުންނެވެ. އަދި މިބަލީގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 49 އެވެ. ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 79 މީހުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!