ޚަބަރު

ކޮވިޑް-19: ޖަމާލުއްދީން ސުކޫލުގެ ޕްރިންސިޕަލް ފައްސި ވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ޖަމާލުއްދީން ސުކޫލުގެ ޕްރިންސިޕަލް ޙަސަން މުޙައްމަދު ކޮވިޑް-19އަށް ފައްސި ވެއްޖެއެެވެ.

Ads by STELCO

ޕްރިންސިޕަލްގެ އިތުރުން އެ ސުކޫލުގެ ބައެއް މުވައްޒަފުންވެސް ކޮވިޑް-19 އަށް ވަނީ ފައްސި ވެފައެވެ. އެހެންކަމުން އެ ސުކޫލުގެ އޮފީސް މިވަގުތު ހުރީ ބަންދުކޮށްފައެވެ. އެހެންނަމަވެސް ކުރިންވެސް ރޭވިފައިވާ ގޮތުގެ މަތިން ސުކޫލުގައި ކިޔެވުން ކުރިއަށް އެބަ ގެންދެއެވެ.

އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ އިތުރުން ލީޑިން ޓީޗަރަކުވަނީ މީގެ ކުރިން ޕޮޒިޓިވްވެފައެވެ. ޖަމާލުއްދީން ސްކޫލުގެ އޮފީސް ވަނީ މިވަގުތަށް ބަންދުކުރެވިފައެވެ. ޕްރިންސިޕަލް ބައެއްމީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އޮފީސް ބަންދު ކުރައްވަން ނިންމެވީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ސްކޫލުން އިސްނަގައިގެން އަމިއްލަައަށް ކަމަށެވެ.

އަދި މިހާރު އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތައް ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް ކުރިއަށް ގެންދާއިރު އެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވާނީ ގޭގައި ތިއްބަވައިގެން ކަމަށްޕްރިންސިޕަލް ވަނީ ވިދާޅުވެފައެވެ.

އެ ސުކޫލުން "މިހާރު" ނޫހަށް މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވެފައިވަނީ ޕްރިންސިޕަލް އަދި އެޑްމިނިސްޓްރޭޓަރު ޕޮޒިޓިވްވުމުން ދަރިވަރުންނަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. މިހާރުވެސް ކިޔެވުން ކުރިއަށްދާ ގޮތަށް ކުރިޔަށްދާނެ ކަމަށެވެ.

  1. ޟިން

    ދެރަކަމެއް ދަރިވަރުންނަކީ ކޮވިޑުގެ ޓެދްޓު ކިޓް ތަކަކައް ނަހަދަބަލަ