ޚަބަރު ވިޔަފާރި

ކުކުޅު ފިހާރައިން ހިލޭ ކަރީ ކަޓް ބަހާ ޕްރޮމޯޝަނެއް!

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ކުކުޅު ފިހާރަ ހުޅުމާލެ

ފިނިކުރި ކާބޯތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުން އަންނަ ކުކުޅު ފިހާރައިން، ހިލޭ ކަރީ ކަޓް ބަހާ ޕްރޮމޯޝަނެއް ފަށައިފިއެވެ.

Ads by Sosun Fihaara

ކުކުޅު ފިހާރައިގެ މާކެޓިން މެނޭޖަރު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ޕްރޮމޯޝަނަކީ ހޯލް ސޭލްކޮށް، އެ ފިހާރައިން ޚިދުމަތް ހޯދާ ފަރާތްތަކަށް ޚާއްސަ ކޮށްގެން ހިންގާ ޕްރޮމޯޝަނެއް ކަމަށެވެ.

އެގޮތުން 10 ކޭސް ކަރީ ކަޓް ގަތުމުން، އެއް ކޭސް ހިލޭ ލިބޭނެ ކަމަށާއި، އޯޑަރު ދިނުމުން އިތުރު އަގަކާ ނުލާ ޑެލިވަރީ ކޮށްދޭނޭ ކަމަށް ވެސް ވިދާޅުވިއެވެ.

ކަރީކަޓްގެ އިތުރުން ވެސް ފިނިކުރި ގިނަ ބާވަތްތަކެއް ހޯލްސޭލް އަދި ރީޓެއިލް ކުރަމުން ދާއިރު ކުކުޅު ފިހާރައިގެ އެންމެ ބޮޑު މަގުސަދަކީ އަގުހެޔޮކޮށް ތަކެތި ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

ފިނިކުރި ކުކުޅާއި، ކުކުޅުގެ ބައިތަކާއި، ފިނިކުރި އިތުރު އައިޓަމްސް ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ އެ ފިހާރައިން އަންނަނީ އަބަދުވެސް ކަސްޓަމަރުންނަށް އަމާޒުކޮށް، ތަފާތު އެކި ޕްރޮމޯޝަންތައް ކުރިއަށް ގެންދަމުންނެވެ.

ކުކުޅު ފިހާރައަކީ ގިނަ އަދަދެއްގެ ފިނި ކުރި ސާމާނު އެންމެ އަގު ހެޔޮކޮށް ވިއްކަމުން އަންނަ ފިހާރައެވެ. އެ ފިހާރައިގެ އައުޓްލެޓްތަކުން ވިޔަފާރި ކުރާ މީހުންނަށް ކުކުޅު ހިލޭ ކޮށައި ދިނުމާއި ހިލޭ ޑެލިވަރީ ކުރުމުގެ ހިދުމަތް ވެސް ފޯރުކޮށް ދެއެވެ.

ކުކުޅު ފިހާރައިން ނިމުނު މަހު ވަނީ ގަސް އިންދުމަށް ބޭނުންވާ ހުރިހާ ސާމާނެއް ވިއްކަން ފަށައިފައެވެ. މިކަމާއި ގުޅޭ ގޮތުން ކުކުޅު ފިހާރައިން ބުނީ ، މިކަމަކީ ކުކުޅު ފިހާރައިގެ އީމޯލްއިން އެ އިރެއްގައި އެންމެ ޑިމާންޑް ބޮޑު އެއްޗެއް ލިބުމުގެ މަގު ފަހި ކޮށްދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށެވެ.

ދާދި ފަހުން ކުކުޅު ފިހާރައިން ވަނީ މައްޗަންގޯޅީގައި އައުޓްލެޓެއް ހުޅުވާފައެވެ. މީގެ އިތުރުން، ކުކުޅު ފިހާރަ 1 ހުޅުމާލޭގައި ހުންނަ އިރު ކުކުޅު ފިހާރަ 2 ހުންނަނީ މާފަންނު އޭއެމްޑީސީ ސަރަހައްދުގައެވެ. ކުކުޅު ފިހާރަ 3 ހުންނަނީ ހެންވޭރު ކަލާފާނު ހިނގުމުގައެވެ.

ޑެލިވަރީ ކުރަން ހުޅުމާލެ އިން ނަމަ 9666575 އަށް، މާލެއިން 9986575 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!