ވިޔަފާރި ދުނިޔެ

ހޮންގުކޮންގުގެ ރައްޔިތުންނަށް އިނގިރޭސި ރަށްވެހިކަން ލިބޭ ވީޒާއެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

ހޮންގުކޮންގުގެ ރައްޔިތުންނަށް އިނގިރޭސިވިލާތުގެ ރަށްވެހިންނަށްވުމުގެ ފުރުޞަތުދޭ އައު ވީޒާއެއް އިނގިރޭސިވިލާތުން ތަޢާރަފު ކޮށްފިއެވެ.

Ads by Sosun Fihaara

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނީ މި ފުރުސަތުގެ ދަށުން ހޮންގުކޮންގުގެ 300000 އަށްވުރެ ގިނަ މީހުންނާއި އެމީހުންގެ ޢާއިލާ އިނގިރޭސިވިލާތަށް ބަދަލުވާނެކަމަށް ބެލެވޭ ކަމަށެވެ. ހޮންގުކޮންގުގެ ރައްޔިތުންނަށް އިނގިރޭސިވިލާތުގެ ރަށްވެހިންނަށް ވުމުގެ ފުރުޞަތުދޭ އައު ވީޒާ ތަޢާރަފު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.

އެ ވިޒާގެ ސަބަބުން ބީއެންއޯ ސްޓޭޓަސް އޮތް ހޮންގުކޮންގުގެ ރައްޔިތުން ފަސް އަހަރު ވަންދެން އިނގިރޭސިވިލާތުގައި ދިރިއުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މަސައްކަތްކޮށް ތަޢުލީމު ހާޞިލްކުރުމުގެ ފުރުޞަތު ލިބޭނެއެވެ. ފަސް އަހަރު ހަމަވުމުން ރަށްވެހިންނަށް ވުމަށް އެ ފަރާތްތަކަށް އެދެވޭނެއެވެ.

އަލަށް ތަޢާރަފްކުރި ވިސާއަށް ބޮޑު ތަރުހީބެއް ލިބޭނެކަމަށް އެ ގައުމުން ބުނެއެވެ. މި ވިޒާއަށް އޮންލައިންކޮށް ހުށަހުޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެެވެ. ދުވަހެއް ދުވަހަކަށް ވިޒާއަށް އެދޭފަރާތްތައް ގިނަވަމުން ދާކަމަށް ސަރުކާރުން ބުނެފައިވެއެވެ. މީގެ ތެރޭގައި ގިނައީ ސްކޫލުގައި ކިޔަވާ ދަރިވަރުންގެ އާއިލާތައް ކަމަށް ބޭރުގެ ޚަބަރު ތަކުން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!