ބޮލީވުޑް

އާމިރު ޚާން ދެން ފޯނު ހުޅުވާނީ "ލާލް ސިންގް ޗައްޑާ" ރިލީޒް ކުރުމުން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އާމިރު ޚާންގެ ކުރިއަށް އޮތް ފިލްމު "ލާލް ސިންގް ޗައްޑާ" ރިލީޒް ކުރެވެން ދެން، އޭނާގެ ފޯނު ނިވާލާފައި ބާއްވަން އާމިރު ނިންމައިފިއެވެ.

Ads by STELCO

އާމިރު ފޯނު ނިވާލަން ނިންމާފައި ވަނީ ފޯނުގެ ސަބަބުން އޭނާ ކުރާ މަސައްކަތްތަކަށް ބުރޫ އަރާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން އާމިރު އަކީ ކުރާ މަސައްކަތްތައް ވަރަށް ފަރުވާ ބަހައްޓައިގެން ކުރާ މީހެއް ކަމަށްވުމުން، ބައެއް ފަހަރު ފޯނުގެ ސަބަބުން މަސައްކަތް ކުރުމަށް އުނދަގޫވެ، މަސައްކަތް މަޑުޖެހޭތީ ކަމުގައި އޭނާ ބުނެއެވެ.

އަދި އޭނާ ބޭނުން ވަނީ "ލާލް ސިންގް ޗައްޑާ" ފޯނުގެ އެއްވެސް އުނދަގުލެއް ނުޖެހި ނިންމާލަން ކަމަށް އާމިރު ވަނީ ބުނެފައެވެ.

ހޮލީވުޑްގެ މަޝްހޫރު ތަރި ޓޮމް ހޭންކްސް 1994 ގައި ކުޅުނު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހަދާ "ލާލް ސިންގް ޗައްޑާ" އަކީ މި އަހަރުގެ ޑިސެމްބަރު 25 ގައި ރިލީޒްކުރަން ތާވަލު ކޮށްފައިވާ ފިލްމެކެވެ. މީގެ ކާސްޓުންގެ ތެރޭގައި އާމިރު ޚާން އާއި ކަރީނާ ކަޕޫރުގެ އިތުރުން ޓީވީ ބަތަލާ މޯނާ ސިންގް އާއި މަޝްހޫރު ތަމަޅަ އެކްޓަރުން ކަމަށްވާ ވިޖޭ ސެތުޕަތީ އާއި ޔޯގީ ބާބޫ ވެސް ހިމެނެ އެވެ.

މި ފިލްމުގައި މުހިންމު ފެނިލުމަކުން ޝާހްރުކް ޚާން ފެނިގެން ދާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. މިއީ އާމިރާއި ޝާހްރުކް އެކުގައި ފިލްމެއްގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!