20 ގައުމެއްގެ މީހުން ސައުދީއަށް އެތެރެވުން މަނާ ކޮށްފި

ކޮވިޑް-19 އާ ގުޅިގެން 20 ގައުމެއްގެ މީހުން ސައުދީއަށް އެތެރެވުން މަނާ ކޮށްފިއެވެ.
މާދަމާއިން ފެށިގެން މި 20 ގައުމުގެ އިންޓަނޭޝަނަލް ފްލައިޓްތައް ސައުދީއަށް ދިއުން ވަނީ ވަގުތީ ގޮތުން މަނާ ކޮށްފައެވެ. މިގައުމުތަކަކީ ކޮވިޑް-19 ގެ އައު ވޭރިއަންޓް ފެނިފައިވާ ގައުމުތައް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ވަގުތީ ގޮތުން ސައުދީ އަށް ދިއުން މަނާ ކޮށްފައިވާ ގައުމުތަކަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޖަރމަނީ، އެމެރިކާ، އިންޑޮނޭޝިއާ، އިނގިރޭސިވިލާތް، ދެކުނު އެފްރިކާ، ފްރާންސް، އިންޑިއާ، ޕާކިސްތާނު، މިސްރު، ލުބުނާން، އަޔަލޭންޑް، އިޓަލީ، ބްރެޒިލް، ޕޯޗުގަލް، ތުރުކީ އަދި ސްވެޑެން، ސްވިޒަލޭންޑް އަދި ޖަޕާނު ހިމެނެއެވެ.
މިގައުމުތަކުން މީހުން އެތެރެވުން މަނާ ކުރި ނަަމަވެސް، ޑިޕްލޮމެޓުންނާއި، އެ ގައުމުތަކުގައި ދިރިއުޅޭ ސައުދީ ރައްޔިތުން، އަދި ސިއްހީ ހިދުމަތްތެރިންނާއި އެމީހުންގެ އާއިލާތައް އިސްތިސްނާ ވާނެއެވެ.