ދުނިޔެ

އޮކްސްފޯޑް/އެސްޓްރާޒެނެކާ ވެކްސިނަށް ހުއްދަ ނުދޭން ސްވިޒްލޭންޑުން ނިންމައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އޮކްސްފޯޑާއި އެސްޓްރާޒެނެކާ އިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިނަށް ސްވިޒްލޭންޑް އިން ހުއްދަ ނުދޭން އެގައުމުން ނިންމައިފިއެވެ.

Ads by WAMCO

ސްވިޒްލޭންޑްގެ މެޑިކަލް ރެގިއުލޭޓަރ، ސްވިސްމެޑިކް، އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބޭނުންވާ ވަރަށް ޑޭޓާ ނެތުމުގެ ސަބަބުން މިވެކްސިނަށް ހުއްދަ ނުދޭން ނިންމާފައިވާ ކަމަށެވެ. ސްވިޒްލޭންޑްގައި ފައިޒާ އަދި މޮޑާނާ ވެކްސިނަށް ހުއްދަ ދީފައިވާ ކަން ފާހަގަ ކޮށްލެވެއެވެ.

ޖެނުއަރީ 31 އާ ހަމައަށް ސުވިޒަލެންޑުން ވަނީ ޖުމްލަ 350،000 މީހުންނަށް ކޮވިޑް ވެކްސިން ދީފައެވެ.

ސްވިސްމެޑިކް އިން ބުނެފައި ވަނީ ، އޮކްސްފޯޑް/އެސްޓްރާޒެނެކާގެ ވެކްސިންއާ ގުޅޭ ގޮތުން ލިބިފައި ވަނީ މަދު ޑޭޓާތަކެއް ކަމަށާއި އިތުރު ދެ ކްލިނިއަލް ޓްރައިލް ނިންމުމުން ސީދާ މި ވެކްސިން ޖަހާނެތޯ ނުވަތަ އެއްކޮށް މަނާ ކުރާނީތޯ ޔަގީން ކުރެވިގެން ދާނެ ކަމަށެވެ. މި ، ދެ ކްލިނިކަލް ޓްރައިލްގެ ނަތީޖާ ފެބްރުއަރީ މަސް ނިމުމުުގެ ކުރިން ލިބޭނެއެވެ. އޮކްސްފޯޑް/އެސްޓްރާޒެނެކާ އިން ބުނެފައިވަނީ ޑޭޓާތައް ލިބެމުންދާ ވަރަކަށް ސްވިސްމެޑިކްއާ ހިއްސާ ކުރަމުންދާނެ ކަމަށެވެ.

ސްވިޒްލޭންޑް ވެގެންގޮސްފައި ވަނީ އޮކްސްފޯޑް/އެސްޓްރާޒެނެކާ ވެކްސިން ހުއްދަ ނުދިން ފުރަތަމަ ޔޫރަޕްގެ ޤައުމަށެވެ. ޔޫރަޕިއަން ޔޫނިއަން އިން މިދިޔަ ހަފްތާގައި އޮކްސްފޯޑް/އެސްޓްރާޒެނެކާ ވެކްސިން ޖެހުމުގެ ހުއްދަ އެ އިއްތިޙާދުގެ ޤައުމުތަކަށް ވަނީ ދީފައެވެ. ނަމަވެސް، ފްރާންސް، ޖަރުމަނު، އިޓަލީ އަދި ޕޮލެންޑުން ވަނީ ކޮވިޑް ވެކްސިން ، ދުވަސްވީ މީހުންނަށް ނުޖެހުމަށް ނިންމާފައެވެ. މިގޮތަށް ނިންމާފައި ވަނީ، އުމުރުން ދުވަސްވީ ފަރާތްތަކަށް މިވެކްސިން ޖެހުމުން ކުރާ އަސަރާމެދު އެކަށީގެންވާ ވަރަށް ޑޭޓާ ނެތުމުންނެވެ.

މިހާތަނަށް އޮކްސްފޯޑް/އެސްޓްރާޒެނެކާ ވެކްސިން އެމެޖެންސީ ހާލަތުގައި ޖެހުމުގެ ހުއްދަ 50 އަށްވުރެ ގިނަ ޤައުމުން ވަނީ ދީފައެވެ. މިގޮތުން ރާއްޖެއިން ވަނީ މިވެކްސިން ޖެހުމަށް ހުއްދަދީ، ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފަށާފައެވެ.

Ads by HDC
  1. ޙަރީރާ

    ރާއްޖޭގަ ޖަހަނީ މޮޑަރނާ ގެ ކޮވިޝީލްޑް. އޮކްސްފޯޑް ގެ ވެކްސިނެއް ނޫން. ރަގަޅަށް މަޢުލޫމާތު ގެނެސްދިނުން އެދެން.

    • ތި ޖެހުނީ ކޮން ވެކްސިނެއްކަން އަމިއްލޔައް ނޭގުނީމަ ދެރައީ