Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

“ކީއްވެ” ފިލްމްގެ ކައުންޓަރު ހުޅުވާލައި ޓިކެޓް ވިއްކަން ފަށައިފި

“ކީއްވެ” ފިލްމްގެ ކައުންޓަރު ހުޅުވާލައި ޓިކެޓް ވިއްކަން ފަށައިފި ދިވެހި ފިލްމީ ދާއިރާއަށް ލޯބިކުރާ ފަރާތްތަކުން އެންމެ ކެތްމަދުވެފައި ތިބި، އަދި ކާމިޔާބު ޕްރޮޑަކްޝަން ހައުސްތަކެއް ކަމަށްވާ، ސްލޭމް ސްޓޫޑިއޯ އާއި، ނޫރު އެންޑް މޫވީސް، ސެޓާން ސްޓޫޑިއޯ އަދި ކިޑް ޕްރޮޑަކްޝަން ގުޅިގެން ސިނަމާތަކަށް ގެންނަން ތައްޔާރު ކުރާ ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އިއްޔެ އާންމުކުރުމަށް ފަހު، މިއަދު ރަސްމީކޮށް ފިލްމުގެ ޓިކެޓް ވިއްކަން ފަށައި، އޮލިމްޕަސް ޓިކެޓް ކައުންޓަރު ހުޅުވާލައިފިއެވެ. އޮލިމްޕަސް ޓިކެޓް ކައުންޓަރ ގެ އިތުރުން، އޮންލައިންކޮށް މި ފިލްމްގެ ޓިކެޓް ބައްލަވައިގަނެވެއެވެ. މިގޮތުން މި ފިލްމްގެ ޓިކެޓް saturnstudio.mv/booking ވެބްސައިޓް މެދުވެރިކޮށް މިހާރު ލިބިވަޑައިގަންނަވާނެއެވެ. މި ފިލްމްގެ ޓްރެއިލަރާއެކު ފިލްމަށް އޮތް އިންތިޒާރާއި ޝައުޤުވެރިކަން ވަނީ އިތުރަށް ބޮޑުވެގެން ގޮސްފައެވެ. 25 އަހަރަށް ފަހު ދިވެހި ސިނަމާގެ ލެޖެންޑަރީ އެކްޓަރ ރީކޯ މޫސާ މަނިކުގެ މި ފިލްމްގެ ލީޑް ރޯލުން ފެނިގެން ދާއިރު، އޭނާގެ ހުނަރުވެރި އަދި އަސަރުގަދަ އެކްޓިންގ ޓްރެއިލަރއިން ވަރަށް ފުރިހަމައަށް ފެނިގެންދެއެވެ. އެގޮތުން މޫސަ ގެ އަޑުން "އަދި އެއްފުރުސަތު ދީ.." އާއި "ހަތަރު ވަނަ މީހަކާވެސް އިންނަންވީތަ..?" ބުނާ އަޑު އިވެއެވެ. އަދި މި ޑައިލޮގު ތަކުން އެކަނިވެސް ފިލްމާއި މެދު އޮތް ޝައުގުވެރިކަން އިތުރުވެގެން ދެއެވެ. އާއިލީ ގުޅުންތަކާއި ލޯބީގެ އުނދަގޫ އިހުސާސްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުގެ ވާހަކަ، ޓްރެއިލަރގެ ޒަރީއާއިން ބެލުންތެރިންނަށް ކޮންމެވެސް ވަރަކަށް ސިފަކޮށްދީފައިވެއެވެ. މިފިލްމުގައި މޫސަގެ އިތުރުން މަޝްހޫރު ތަރި، ޝީލާ ނަޖީބް، މަރިޔަމް ނިޝާ، ޝަމީލް އަދި ދަރާ ރަޝީދު ފެނިގެން ދާއިރު، މި ފިލްމުގައި ގެނެސްދެވިފައިވާ މި ވާހަކައަކީ އެހެން ދިވެހި ފިލްމް ތަކާއި ޚިލާފަށް ދިރިއުޅުމުގެ މެދު އުމުރުގައި ދިމާވާ މައްސަލަތަކަށް އަލިއަޅުވާލެވިގެން ހަދާފައިވާ ފިލްމެއްކަމަށް ބެލެވެއެވެ. މި ފިލްމް ޚައްސާވާ އެތައް ކަމެއް ހުރި އިރު ފާހަގަ ކޮށްލަން ޖެހޭ އަނެއްކަމަކީ، 20 އަހަރުގެ މެދުކެނޑުމަކަށްފަހު ކުޅަދާނަ ޑައިރެކްޓަރު އީސާ ޝަރީފްގެ އެނބުރި އައުމެވެ. އެގޮތުން އީސަ ގެނެސްދޭ މި އުފެއްދުމުގެ މަންޒަރުތަކާއި ސިނަމެޓިކް ފެންވަރު ވަރަށް މަތިކަން ޓްރެއިލަރއިން ހާމަވެއެވެ. ފިލްމުގެ ޓްރެއިލަރ އާންމުކޮށް ޓިކެޓް ވިއްކަން ފެށުމާއެކު، ޓިކެޓަށް އޮތް ޑިމާންޑް ވަނީ ކުއްލިއަކަށް މައްޗަށް ގޮސްފައެވެ. އަދި ކުލަގަދަ އިވެންޓަކާއި އެކު މި ފިލްމު ރަސްމީކޮށް ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ 25 ނޮވެމްބަރ 2026 ގައެވެ.

“ކީއްވެ” ފިލްމްގެ ކައުންޓަރު ހުޅުވާލައި ޓިކެޓް ވިއްކަން ފަށައިފި

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް