ފުލުހުންގެ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަޤާމަށް ކުރިމަތިލަށް ހުޅުވާލައިފި
ދިވެހި ފުލުހުންގެ ހިދުމަތުގެ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ގެޒެޓުކުރި އިއުލާނުގައި ބުނީ މި…

ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ގެޒެޓުކުރި އިއުލާނުގައި ބުނީ މި މަގާމަށް އެދޭ ފަރާތްތަކުން، ފުރިހަމަކޮށްފައިވާ ފޯމާއި ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް މި މަހުގެ 15ވަނަ ދުވަހުގެ ހަވީރު 16:00ގެ ކުރިން ހުށަހަޅަންޖެހޭނެކަމަށެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00އިން 16:00އަށް ކަމަށާއި އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވެ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް ކަމަށް އިއުލާނުގައިވެއެވެ.
ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލް މަޤާމުގެ މުސާރައަކީ މަހަކު -/15,500 ރުފިޔާއެވެ. މަޤާމުގެ މަސްއޫލިއްޔަތަކީ ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހެއްގެ ދައުރު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުމެވެ.
މި މަޤާމުގެ ޝަރުތުތައް:
- މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން.
- ފިރިހެނަކު ނަމަ، އިސްކޮޅުން 5 ފޫޓް 5 އިންޗި އަދި އަންހެނަކު ނަމަ، އިސްކޮޅުން 5 ފޫޓް 2 އިންޗް ހަމަވާ މީހަކު ކަމުގައި ވުން.
މީގެ އިތުރުން ތިރީގައިވާ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް ފުރިހަމަވުން:
- އެސް.އެސް.ސީ އިމްތިހާނުން 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާ އެކު، ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުން މަދުވެގެން 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ހާސިލުކޮށްފައިވުން ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ ގްރޭޑް 10 ނިންމާފައިވުމާ އެކު، ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާ އަދާކުރުމަށް ބޭނުންވާނެ ފަދަ ޚާއްސަ ފަންނީ ހުނަރެއް ލިބިފައިވުން.
- އެސް.އެސް.ސީ އިމްތިހާނުން 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާ އެކު، ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުން މަދުވެގެން 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ހާސިލުކޮށްފައިވުން ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ ގްރޭޑް 10 ނިންމާފައިވުމާ އެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާ އަދާކުރުމަށް ބޭނުންވާނެ ފަދަ ޚާއްސަ ފަންނީ ހުނަރެއް ލިބިފައިވުން.
- ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ 16ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ރެކްރޫޓްކުރެވޭ ފުލުހުންގެ އާންމު ޝަރުތު ފުރިހަމަވެފައިވާ މީހަކު ކަމުގައިވުން.
ވަޒީފާއަށް މީހުން ހޮވުމުގައި ފިޒިކަލް ފިޓްނަސް ޓެސްޓާއި، ފެތުމުގެ ޓެސްޓާއި، މެޑިކަލް އެގްޒަމިނޭޝަން، ޕޮލިގްރާފް ޓެސްޓް، އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓް ކުރިއަށްގެންދެވޭނެ ކަމަށް ފުލުހުންގެ އިއުލާނުގައިވެއެވެ. އަދި ވަޒީފާއަށް މީހުން ހޮވުމުގައި އިސްކަންދެވޭނީ މި އެސެސްމަންޓްތަކުން އެންމެ މަތީ މާކްސް ހޯދާ މީހުންނަށްކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.
ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ކުށުގެ ރެކޯޑު ބަލާ ފޯމު ފުލުހުންގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެއެވެ.






ކޮމެންޓް