ޖިންސީ ގޯނާގެ ތުހުމަތުގައި ކުރީގެ ކައުންސިލަރު އައިމަން ހައްޔަރުކޮށްފި
ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުޙައްމަދު އައިމަން އިސްމާއީލް (އާނު) ފުލުހުން ހައްޔަރުކޮށްފިއެވެ.

ޖިންސީ ގޯނާގެ ތުހުމަތެއްގައި މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އައިމަން އިސްމާއީލް (އާނު)ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވަނީ އައިމަން ހައްޔަރުކޮށްފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް، މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
އައިމަންއަކީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވައިގެން މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ ގޮނޑި މީގެ ކުރިން ކާމިޔާބު ކުރެއްވި ބޭފުޅެކެވެ.





ކޮމެންޓް