ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާ ކުރައްވަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާކުރައްވަން ނިންމައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)އިން ބުނީ ، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޝަރަފުވެރިކަމާ އެކު ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔަރކުރެއްވުމަށް އަލީ ރަޝީދު އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި ރަޝީދު އެދިވަޑައިގެންނެވި ގޮތަށް އަންނަ މަހުން ފެށިގެން ޝަރަފުވެރިކަމާއި އެކު ރިޓަޔާކޮށްދެއްވުމަށް އެ ކޮމިޝަންއިން ނިންމާފައިވާކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
އެ ނިންމުމާ ގުޅިގެން ރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުގެ މަގާމަށް ބޭފުޅަކު ހޯދުމަށް އިޖުރާއަތުތައް ފުރިހަމަކުރުމުގެ މަސައްކަތް އެ ކޮމިޝަނުން މިހާރު ފަށާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
އަލީ ރަޝީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރީ 2020ވަނަ އަހަރުއެވެ.
އޭނާ ވަނީ އަޒުހަރު ޔުނިވަރސިޓީއިން ޝަރީއަތާއި ގާނޫނުން ބެޗްލާސް ޑިގްރީ ހާސިލު ކުރައްވާފައިވެއެވެ. އަދި 2006ވަނަ އަހަރު އެމެރިކަން އޯޕަން ޔުނިވާސިޓީގައި މާސްޓަރ އޮފް ޝަރީއާ ހައްދަވާފައިވެއެވެ. އަދި މިސުރުގެ ދާރުލް އިފްތާގައި ޝަރުއީ ކަންކަމުގައި ފަތުވާދިނުމުގެ އެއްއަހަރުދުވަހުގެ ޓްރޭނިން ޕޮރްގްރާމެއް ހައްދަވާފައިވެއެވެ.





ކޮމެންޓް