Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި ޝާހިދު ބަންދުކުރި މައްސަލަ ހައިކޯޓަށް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބަންދުކުރަން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ޖިންސީ ގޯނާގެ ތުހުމަތުގައި ޝާހިދު ބަންދުކުރި މައްސަލަ ހައިކޯޓަށް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހާފައިވާ އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ހައިކޯޓުގެ ރެކޯޑުތަކުން ދައްކާ ގޮތުގައި މި މައްސަލަ ހުށަހަޅާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ނަމަވެސް، އެ މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނިންމިކަން ސާފެއް ނުވެއެވެ.

އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ ހައްޔަރުކުރުމަށް ފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. އޭނާ މިހާރު ހުރީ ދޫނިދޫ ޖަލުގައެވެ.

މި ތުހުމަތުތަކާ ގުޅިގެން ޝާހިދު ވިދާޅުވެފައި ވަނީ އެއީ އޭނާގެ އަބުރު ކަތިލުމަށް ސިޔާސީ ގޮތުން ކުރަމުންދާ ކަމެއް ކަމަށެވެ. އަދި އެއީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ، އެފަދަ ވާހަކަ ނުފެތުރުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ސިޔާސީ ދާއިރާގައި 40 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ޝާހިދު ހައްޔަރުކޮށްފައި މިވަނީ، އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވައި ކެމްޕެއިން ފައްޓަވާފައި ވަނިކޮށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް