Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އައިޔޫއެމްގެ ދަސްވެނިވުން ރައީސްގެ އަނބިކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ 2026ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި އެކަމަނާ ވަނީ އެކި ދާއިރާތަކުން މަތީ ވަނަތައް ހާސިލްކުރި 9 ދަރިވަރަކަށް އިނާމާއި އެވޯޑް ހަވާލުކޮށްދެއްވާފައެވެ. އަދި ހަފްލާ ނިންމަވާލެއްވުމުގެ ކުރިން ދަސްވެނިވި ދަރިވަރުންނާ އެކު ހަނދާނީ ފޮޓޯއެއްގައި ވެސް އެކަމަނާ ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ފުރަތަމަ ދަންފަޅީގައި ތައުލީމީ ދާއިރާ، އަރަބި ބަސް، ޝަރީއަތާއި ގާނޫނު، އަދި އިސްލާމީ އިލްމާއި އިންސާނީ އިލްމުތަކުގެ ކުއްލިއްޔާތަކުން 98 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ.

އައިޔޫއެމްގެ ދަސްވެނިވުން މިއަދު ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، ޖުމްލަ 542 ދަރިވަރުން މިއަދު ސަނަދު ހާސިލްކުރާނެއެވެ. އޭގެ ތެރޭގައި ސެޓްފިކެޓް ލެވެލްގެ 322 ދަރިވަރުންނާއި، ޑިޕްލޮމާ ލެވެލްގެ 14 ދަރިވަރުންނާއި، ޑިގްރީ ލެވެލްގެ 69 ދަރިވަރުން ހިމެނެއެވެ. މީގެއިތުރުން ޕޯސްޓް ގްރޭޖުއޭޓްގެ 5 ދަރިވަރުންނާއި މާސްޓާސް ލެވެލްގެ 132 ދަރިވަރުން މިއަދު ދަސްވެނިވާނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް