މުއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

މ. މުއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ޅ. ނައިފަރު/ ނިއާމު، ފާތިމަތު ސަނާ ހުސެއިން(31އ.)އެވެ. އެ މައްސަލައިގައި އޭނާ ވަނީ 10 ދުވަހަށް ބަންދުވެސްކޮށްފައެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ސަނާގެ ލަގެޖުން މަސްތުވާތަކެތި އަޅާފައި ހުރި ޖޫސްޕެޓީ ކޮތަޅެއްގައި ހެރޮއިން ހުރިކަމަށެވެ. އަދި އޭނާއަކީ އަމަލީ ގޮތުން މުއްޔަށް މަސްތުވާތަކެތި އެތެރެކުރުމުގައި އުޅޭ މީހެއް ކަމަށާއި އޭނާގެ ފޯނުން ވެސް އެފަދަ މުއާމަލާތްތައް ފެނިފައިވާކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ސަނާގެ މައްޗަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިވާކަމަށް ވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ.
ފަހަކަށް އައިސް މަސްތުވާތަކެތީގެ މައްސަލަތަކުގައި އަތުލައިގަންނަ އަންހެނުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.





ކޮމެންޓް