Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ބީއެމްއެލްގެ އަގުހެޔޮ ފްލެޓްތަކުގެ ކޮންކްރިޓް މަސައްކަތް ފަށައިފި

ބީއެމްއެލްގެ އަގުހެޔޮ ފްލެޓްތަކުގެ ކޮންކްރިޓް މަސައްކަތް ފަށައިފި

ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ހުޅުމާލެ ފޭސް 1ގައި އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށޫން ފްލެޓްތަކުގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުން ތަރައްޤީ ކުރާ 364 ހައުސިން ޔުނިޓްގެ ތެރެއިން 182 ޔުނިޓްގެ ފައުންޑޭޝަން ތައްޔާރުކޮށް ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށެވެ.

ބީއެމްއެލްއިން އިތުރަށް ބުނީ ހައުސިން ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028ވަނަ އަހަރުގެ މެދުތެރޭ ނިންމައިލެވޭނެ ކަމަށެވެ.

"އެފޯޑަބަލް ހައުސިން" މަޝްރޫއަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" މެދުވެރިކޮށް ހުޅުމާލެއާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫޢެކެވެ. މިއީ "ލީސް-ޓު-އޯން" މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށް ފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދީފައިވާ ފުރުސަތެކެވެ.

ބީއެމްއެލްއިން ވަނީ އަގު ހެޔޮކޮށް ވިއްކާ ފްލެޓްތައް އަޅަން ސަބްސިޑަރީ ކުންފުންޏެއް ވެސް އުފައްދައިފައެވެ.

އެ ސަބްސިޑަރީ ކުންފުނިން ހައުސިން ޔުނިޓްތައް އަޅަން ހަވާލުކުރީ ޗައިނާގެ ދެ ކުންފުންޏެއް ކަމަަށްވާ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާއެވެ.


ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް