Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ވައިގެމަގުން އެތެރެކުރަން އުޅުނު 3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެމަގުން  އެތެރެކުރަން  އުޅުނު  3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު އެއް ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން އެކަން ހާމަކުރީ މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ.

އެގޮތުން ވައިގެމަގުން ރާއްޖެ ގެނެސްފައިވާ އެއަރފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނުނު ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އޭގައި ހުރީ ސިންތެޓިކް ކެތިނޯން ކަމަށާއި ބަރުދަނުގައި 1030ގްރާމްހުރި ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

އެ ޝިޕްމަންޓް އެތެރެކުރީ ކޮންބައެއް ކަމެއް ކަސްޓަމްސްއިން ހާމައެއް ނުކުރެއެވެ. އަދި އެ މައްސަލައިގައި މީހަކު ހައްޔަރުކުރިކަމެއް ވެސް ސާފެއް ނުވެއެވެ.

ފަހަކަށް އައިސް ރާއްޖެ އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން އަތުލައިގަންނަ މަސްތުވާތަކެތީގެ އަދަދު ވަނީ އިތުރުވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް