Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޑްރަގު ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި 41 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

ޑްރަގު ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި 41 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި 41އަހަރުގެ އަންހެނަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ތ. ތިމަރަފުށި/ ވިލާ، އައިމިނަތު ނިސާއެވެ. އެ މައްސަލައިގައި އޭނާ ވަނީ 25ދުވަހަށް ބަންދުވެސްކޮށްފައެވެ.

ބަންދު އަމުރުގައި ބުނެފައިވާ ގޮތުން މި މައްސަލައިގައި ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތީގެ ވަގުތީ ބަރުދަނުގައި 111ގްރާމް ހުއްޓެވެ. އެހެންވެ މަސްތުވާތަކެތި ގެންގުޅުމާއި ވިޔަފާރިކުރުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭކަމަށް ވެސް ބުނެފައިވެއެވެ.

ނިސާ މައްޗަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިވާކަމަށް ވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ. އޭގެ ތެރޭގައި އިންޓެލިޖެންސް ރިޕޯޓާއި މަސްތުވާތަކެއްޗަށް ޕޮޒިޓިވިވް ކުޑަކަމުދާ ރިޕޯޓް ހިމެނެއެވެ.

ފަހަކަށް އައިސް މަސްތުވާތަކެތީގެ މައްސަލަތަކުގައި އަތުލައިގަންނަ އަންހެނުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް