Sunday, 8 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ބުދަ ދުވަހުން ފެށިގެން މޫސުން އަލިވާން ފަށާނެ: މެޓް

ޖުމްހޫރީ ދުވަހާ ގުޅިގެން ލިބޭ ހަތަރު ދުވަހުގެ ބަންދާ ދިމާކޮށް، އަންނަ ބުދަ ދުވަހުން ފެށިގެން ރާއްޖޭގެ މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

ބުދަ ދުވަހުން ފެށިގެން މޫސުން އަލިވާން ފަށާނެ: މެޓް

އަންނަ ބުދަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ލަފާކޮށްފިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅޭގޮތުން މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭވެހޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ހުރިހާ ހިސާބަކަށް ވެސް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

މާދަމާއިން ފެށިގެން މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވައި ގަދަވާނެ ކަމަށް ބެލެވުނު ނަމަވެސް، އުތުރުގެ އަތޮޅުތަކުގައި ވައި އެހާ ބާރު ނުވާނެ ކަމަށް މެޓުން ލަފާކުރެއެވެ. ނަމަވެސް ބުދަ ދުވަހުން ފެށިގެން މޫސުން އަލިވާން ފަށައި، ބުރާސްފަތި ދުވަހުން ފެށިގެން ކަނޑުތައް ވެސް މަޑުވާނެ ކަމަށް އެ އިދާރާގެ އަންދާޒާތަކުން ދައްކައެވެ.

މި ހަފުތާގެ ބުދަ ދުވަހަކީ ޖުމްހޫރީ ދުވަސް ކަމަށް ވާއިރު، ސަރުކާރުން ވަނީ ބުރާސްފަތި ދުވަސް ވެސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައެވެ. މިއާ އެކު ހަފުތާ ބަންދާ އެކު ޖުމުލަ ހަތަރު ދުވަހުގެ ޗުއްޓީއެއް ލިބޭތީ، ގިނަ ބަޔަކު ދަނީ ދަތުރުފަތުރު ކުރުމަށް ތައްޔާރުވަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް