Sunday, 8 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެޗް.އެފް.ސީ މަދުކުރުމަށާއި ހަކަތަ އިތުރުކުރަން ރާއްޖެއިން ގޮވާލައިފި

އެޗް.އެފް.ސީ މަދުކުރުމަށާއި ހަކަތަ އިތުރުކުރަން ރާއްޖެއިން ގޮވާލައިފި


ހައިޑްރޯފްލޯރޯކާބަންސް (އެޗް.އެފް.ސީ) ބޭނުންކުރާ މިންވަރު މަދުކުރުމަށް ކުރެވޭ މަސައްކަތްތަކާއެކު، ފިނިކުރާ ނިޒާމުތަކުގެ ހަކަތައިގެ އެފިޝަންސީ (ހަކަތަ ބޭނުންކުރެވޭ މިންވަރު) އިތުރުކުރަން ރާއްޖެއިން ގޮވާލައިފިއެވެ.

ރާއްޖެއިން އެފަދައިން ގޮވާލެއްވީ "ފްރެންޑްސް އޮފް ދަ ކިގާލީ އެމެންޑްމަންޓް މިނިސްޓީރިއަލް ބްރެކްފަސްޓް" ބައްދަލުވުމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ސްޓޭޓް މިނިސްޓަރު އަލީ ފާރިސްއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަލީ ފާރިސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެންމެ ފުރިހަމަ ފައިދާއެއް ހޯދޭނީ އެޗް.އެފް.ސީ ފަދަ ގެދަނބުޅި ގޭސްތައް ބޭނުންކުރުން މަދުކުރުމުގެ އިތުރުން، ފިނިކުރުމަށް ބޭނުންކުރާ ވަސީލަތްތަކަކީ މަދު ހަކަތައަކުން ބޮޑު ނަތީޖާއެއް ނެރެދޭ ތަކެތި ކަމުގައި ހަދައިގެން ކަމަށެވެ.

މީގެއިތުރުން، މި ބަދަލުތައް ގެންނައިރު އެންމެންނަށް ވެސް ފަސޭހަކަމާ އެކު އަތްފޯރާ އަގެއްގައި ފިނިކުރާ ނިޒާމުތައް ލިބެންހުރުމުގެ މުހިންމުކަން ވެސް ސްޓޭޓް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ތިމާވެށި ރައްކާތެރިކުރުމަށާއި، ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިޔުން ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މިފަދަ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން އިސްނަގައިގެން އަބަދުވެސް ވަކާލާތުކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން މި ބައްދަލުވުމުގައި އޭނާ ވަނީ ދެއްވާފައެވެ.



ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް