Sunday, 8 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޙައްޖާޖީންނަށް އެހީތެރިވުމާއި ތަޢުލީމީ ފުރުޞަތުތަކާ ގުޅޭ މަޝްވަރާތަކެއް

ޙައްޖާޖީންނަށް ދޭ އެހީތެރިކަން އިތުރުކުރުމަށާއި، ދިވެހި ދަރިވަރުންނާއި އިމާމުންނަށް ސަޢޫދީން ތަޢުލީމީ ފުރުޞަތުތައް ހޯދުމާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މަޝްވަރާކުރައްވައިފިއެވެ.

ފޮޓޯ: އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ
ފޮޓޯ: އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ

ޖިއްދާގައި ހުންނަވާ ދިވެހިރާއްޖޭގެ ކޮންސުލް ޖެނެރަލް ބަދޫރާ ސަޢީދު، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި، ޙައްޖާއި ޢުމްރާއަށްދާ ދިވެހިންނަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. ޝަހީމް ވަނީ ކޮންސުލް ޖެނެރަލްގެ މަޤާމަށް ބަދޫރާ ސަޢީދު ޢައްޔަންކުރެއްވުމާ ގުޅިގެން ތަޙުނިޔާ ވިދާޅުވެ، އެކަމަނާގެ މަސައްކަތްޕުޅަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. ވަޒީރުގެ ވާހަކަފުޅުގައި، ސަޢޫދީގައި ތިބޭ މުއްދަތުގައި ދިވެހި ޙައްޖާޖީންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ވުޒާރާއާއި ޖިއްދާގައި ހުންނަ ކޮންސިއުލޭޓާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ސަޢޫދީ ޢަރަބިއްޔާގެ ޔުނިވަރސިޓީތަކާ ގުޅިގެން ދިވެހި ދަރިވަރުންނާއި އިމާމުންނަށް ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ. އެގޮތުން އިސްލާމީ ތަޢުލީމާއި ޢަރަބި ބަހުގެ ދާއިރާއިން ސްކޮލަރޝިޕްތަކާއި ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތައް ހޯދުމަށް ކޮންސިއުލޭޓުގެ އެހީތެރިކަމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް