Sunday, 8 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ގަމުން ބޭރުކުރާ ކޮންމެ ރުކަކަށް 100 ރުފިޔާގެ ފީއެއް ނަގަން ނިންމައިފި

ލ. ގަމުން ރުއްގަސް ނެގުމާއި ރަށުން ބޭރުކުރުމުގެ އުސޫލު އާންމުކޮށް، ވިޔަފާރި ބޭނުމަށް ބޭރުކުރާ ކޮންމެ ރުކަކަށް 100 ރުފިޔާގެ ފީއެއް ދައްކަން ޖެހޭ ގޮތަށް ކައުންސިލުން ހަމަޖައްސައިފިއެވެ.

ގަމުން  ބޭރުކުރާ ކޮންމެ ރުކަކަށް 100 ރުފިޔާގެ ފީއެއް ނަގަން ނިންމައިފި

ލ. ގަމުގެ އެއްވެސް ސަރަހައްދަކުން ރުއްގަސް ނަގައި، ރަށުން ބޭރުކުރެވޭނީ ކައުންސިލްގެ ލިއުމުން ލިބޭ ހުއްދައަކާ އެކު ކަމަށް ކަނޑައަޅައި، އެ ރަށުން ރުއްގަސް ނެގުމާއި ބޭރުކުރުމުގެ އުސޫލު މިއަދު އާންމުކޮށްފިއެވެ.

މި އުސޫލުގެ ދަށުން ވިޔަފާރި ބޭނުމަށް ރަށުން ބޭރުކުރާ ކޮންމެ ރުކަކަށް 100 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެއެވެ.

ކައުންސިލުން އާންމުކުރި އުސޫލުގައިވާ ގޮތުން، ގަމުގެ ގޮނޑުދޮށާވީ ހޭޅިފަށުގައި ހުންނަ ރުއްގަހާއި، ހިމާޔަތްކޮށްފައިވާ ބާވަތްތަކުގެ އިތުރުން، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި އެ ސަރަހައްދެއްގެ ވަށައިގެންވާ 20 މީޓަރުގެ ތެރެއިން ރުއްގަސް ނެގުމަކީ މަނާ ކަމެކެވެ. ނަމަވެސް، އިމާރާތަކަށް ނުވަތަ އަވަށްޓެރި ގޭބިސީއަކަށް ގެއްލުންވާ ފަދަ ގޮތަކަށް ހުންނަ ގަސްގަހުގެ ގޮފިތަކާއި މޫތައް ކައުންސިލްގެ ހުއްދައާ އެކު ކޮށައި ބެލެހެއްޓިދާނެއެވެ.

ރުއްގަސް ބޭރުކުރުމުގެ ފީތަކަށް ބަލާއިރު، ހުށަހަޅާ ކޮންމެ ފޯމަކަށް 50 ރުފިޔާ، އަދި ރަށުން ބޭރުކުރާ ކޮންމެ ގަހެއްގެ ވަށަމިނުގައި 10 ސެންޓިމީޓަރު ހުންނަ ނަމަ 25 ރުފިޔާ ނަގާނެއެވެ. މީގެ އިތުރުން، އިތުރުވާ ކޮންމެ ސެންޓިމީޓަރަކަށް ފަސް ރުފިޔާ އަދި ދަރުގެ ގޮތުގައި ބޭނުންކުރަން ކަނޑާ ކޮންމެ ގަހަކަށް 10 ރުފިޔާގެ ފީއެއް ވަނީ ކަނޑައަޅައިފައެވެ.

މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި 50އަށް ވުރެ ގިނަ ރުއް ނަގާ ނަމަ ނުވަތަ 4,000 އަކަފޫޓަށް ވުރެ ބޮޑު ސަރަހައްދެއް ސާފުކުރާ ނަމަ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)އަށް ހުށަހަޅަން ޖެހޭނެއެވެ. އަދި ރަށުން ނަގާ ކޮންމެ ރުކަކަށް ނުވަތަ ގަހަކަށް، ބަދަލުގައި ދެ ރުއް ނުވަތަ ދެ ގަސް އިންދަން ޖެހޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައިވެއެވެ.

ހުއްދައިގެ މުއްދަތު އިތުރުކޮށްދެނީ ގިނަވެގެން ދެ ފަހަރު ކަމަށާއި، ކޮންމެ ފަހަރަކު 2,000 ރުފިޔާގެ ފީއެއް ނަގާނެ ކަމަށް ކައުންސިލުން ބުނެއެވެ. ނާސަރީގައި ހައްދާ ރުއްގަސް ބޭރުކުރަން ތިން ދުވަހުގެ ހުއްދައެއް ދޭއިރު، އެހެން ތަންތަނުން ނަގާ ރުއްގަސް ބޭރުކުރަން ދެނީ ހަތް ދުވަހުގެ މުއްދަތެކެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް