ދުނިޔެ

ހަންގަނޑު މާ ބޮޑަށް ރީނދޫ ވާތީ ޑޮކްޓަރަށް ދެއްކުމުން ހަގީގަތް އެނގިއްޖެ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ޗައިނާގެ 60 އަހަރުގެ ރައްޔިތެއްގެ ހަންގަނޑު މާބޮޑަށް ރީނދޫ ކުލައަށް ބަދަލުވެ މީހާގެ ސިއްހަތަށް އެކި ކަހަލަ ބަދަލުތައް އަންނާތީ ޑޮކްޓަރަށް ދައްކާ، އެކަމަކީ އޭނާ ސިނގިރޭޓު ބުއިމުގެ ސަބަބުން ވީ ކަމެއްކަމަށް ޑޮކްޓަރުން އަންގައިފިއެވެ.

Ads by Sosun Fihaara

ބޭރުގެ ނޫސްތަކުން މައުލޫމާތު ލިބޭ ގޮތުގައި، އުމުރުން 60 އަހަރުގެ “ޑޫ” ނަމަކަށް ކިޔާ މި މީހާ ވޭތުވެ ދިޔަ 30 އަހަރުގައި އެންމެ ދުވަހެއް ވެސް ވައްޓާނުލާ ސިނގިރޭޓު ބޮމުން އައި މީހެކެވެ. އަދި މިކަމުގެ ސަބަބުން އެމީހާގެ “ޕެންކްރިއާސް” އަށް ބޮޑެތި ގެއްލުން ތަކެއް ވެފައިވާ ކަމުގައި ވެސް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން ޑޮކްޓަރުން ބުނީ، އެމީހާގެ ލޭގައި ރީނދޫ ކުލައިގެ ޓިއުމަރުތަކެއް އުފެދި ހަމުގެ ކުލަ ވަރަށް ބޮޑަށް ބަދަލުވާން ދިމާވީ ކަމަށެވެ. އެހެންނަމަވެސް މިހާރު ޑޮކްޓަރުން ވަނީ އެމީހާގެ ހަމުގެ އަސްލު ކުލަ އަނބުރާ ގެނެސްދީފައެވެ. އަދި އިތުރަށް ސިނގިރޭޓާއި ރަލުގެ އެއްވެސް ބާވަތެއް ބޭނުން ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.

މި މީހާގެ ހަންގަނޑު އާދަޔާ ޚިލާފަށް ގަދަ ރީނދުލަށް ބަދަލު ވެފައިވާ ފޮޓޯއެއް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ. އަދި އެފޮޓޯއަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބިގެން ގޮސްފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!