Monday, 9 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރިވެލި އެވޯޑް ހަ ބޭފުޅަކަށް އަރުވައިފި

ރިވެލި އެވޯޑް ލިބުނު ފަރާތްތަކާއެކު ރައީސްގެ އަނބިކަނބަލުން ސާޖިދާ--
ރިވެލި އެވޯޑް ލިބުނު ފަރާތްތަކާއެކު ރައީސްގެ އަނބިކަނބަލުން ސާޖިދާ--

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހޯދާ ކުރިއެރުންތަކާއި ކާމިޔާބީތައް ފާހަގަކުރުމަށާއި، އެ ފަރާތްތަކުގެ ލާބައާއި މަންފާއަށްޓަކައި އެކި ފަރާތްތަކުން ކުރަމުން އަންނަ އަގުހުރި މަސައްކަތްތައް ބަލައިގަތުމުގެ ގޮތުން ސަރުކާރުން ދޭ، "ރިވެލި އެވޯޑް " ހަ ބޭފުޅަކަށް އަރުވައިފިއެވެ.

ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ހަފްލާ ޝަރަފުވެރިކޮށްދެއްވައި، އެވޯޑު ހާސިލުކުރޮ ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދުއެވެ.

މި ފަހަރު ރިވެލި އެވޯޑް ހާސިލުކޮށްފައި ވަނީ

1. އަލީ ސަމީމް، ހދ. ކުރިނބި / ރިހިވެލި (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)

2. މުޙައްމަދު ނާހިލް ސަލާމް، ސ. މަރަދޫ / އަސްރުމާގެ(ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)

3. އައިޝަތު ޝަފީގު، ހ. ޝަފީޤުގެ (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)

4. އަބްދުއްރައްޒާގު އަބްދުއްސަމަދު، ށ. ބިލެތްފަހި / ހަވީރީނާޒް (އެކި ގޮތްގޮތުން ދިވެހިރާއްޖެއަށް ރީތި ނަމާއި ކާމިޔާބީތައް ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)

5. އަމީނިއްޔާ ސްކޫލް (ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާ)

6. ފާޠިމަތު މުޙައްމަދު، ހދ. ކުޅުދުއްފުށި / އަލްފާ (ފަންނީ އަދި ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ)

އެ ހަ ބޭފުޅުންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވާ ޖަމިއްޔާތަކާއި އޮފީސްތަކަށް ދޭ އެވޯޑް ވެސް ރޭ ވަނީ އަރުވައިފައެވެ.

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދާއިރާގެ އެވޯޑް އެޗްޑީސީއަށް ލިބުނުއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވާ ކުންފުނިތަކުގެ ދާއިރާއިން އެވޯޑް ލިބުނީ ރަންގަލި ރިސޯޓަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް