Monday, 9 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިންޑިއާއިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި

އިންޑިއާއިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގެ ދަށުން ކުރިއަށް ގެންދާ ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމްއަށް އިންޑިއާއިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފިއެވެ.

ސަރުކާރުގެ އިސް ވުޒާރާތަކުގެ ވަޒީރުންވެސް ބައިވެރިވެލެއްވި ހާއްސަ ހަފްލާއެއްގައި އެ ގަސްތަކާ ރާއްޖެއިން ހަވާލުވުމަށް ފަހު ވަނީ ބައެއް ގަސްތައް އިންދައިފައެވެ.

އެ ރަސްމިއްޔާތުގައި ބައިވެރިވެލެއްވި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވަނީ އިންޑިއާ ސަރުކާރުގެ ފަރާތުން ލިބުނު އެހީއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި މިއީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާއި، ރާއްޖޭގެ އިސްކަންދޭ ގައުމީ މަސައްކަތްތަކުގައި އިންޑިއާއިން ދެމުންގެންދާ އެއްބާރުލުން ރަމްޒުކޮށްދޭ ކަމެއްކަމަށް އެކަމަނާ ވިދާޅުވިއެެވެ.

އިރުތިޝާމް ވަނީ ރައީސް މުއިއްޒު ތައާރަފްކުރެއްވި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސްތައް އިތުރުވެ، ހިޔާ ލިބި، ރައްޔިތުން ދިރިއުޅޭ ސަހައްދުތައް ހިތްފަސޭހަ ތަންތަނަށް ވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ގަސްތަކާ ހަވާލުވުމަށް ބޭއްވި ހަފްލާގައި އެންވަޔަރަަމަންޓް މިނިސްޓަރު އަލީ ޝަރީފްއާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްގެ އިތުރުން އިންޑިއާ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވެސް ބައިވެރިވެލެއްވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް