ބޮލީވުޑް

ކައިވެނީގެ ވާހަކަތަކަށް ޝްރައްދާ ރައްދު ދީފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބޮލީވުޑު ތަރި ޝްރައްދާ ކަޕޫރު ކައިވެނި ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގު ކޮށްފިއެވެ.

Ads by STELCO

ޝްރައްދާގެ ލޯބިވެރިޔާ ކަމަށް ރިޕޯޓުތައް ބުނާ ފޮޓޯގްރާފަރު ރޯހަން ޝްރެޝްތާ އާ ޝްރައްދާ ކައިވެނި ކުރަން އުޅޭ ވާހަކަތައް ފެންމަތިވެފައި ވަނީ ވަރުން ދަވަންގެ ކައިވެންޏަށް ފަހުގައެވެ.

ޝޫޓިންތަކަކަށް ފަހު ޝްރައްދާ އިއްޔެ އެނބުރި މުމްބާއީ އަށް ދިޔަ މަގުމަތީގައި، ކައިވެންޏާ ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުން އޭނާ ވަނީ އެ ވާހަކަތަކަށް ރައްދު ދީފައެވެ.

އެގޮތުން ޝްރައްދާ ވަނީ ތި ދައްކަނީ ކޮން ކަހަލަ ވާހަކައެއްތޯ ސުވާލު ކޮށްފައެވެ. އަދި ކައިވެނި ކުރަން އުޅެނީ އޭނާގެ ދެބެން ދެދަރި ކޮއްކޮ ޕްރިޔާންކް ޝަރްމާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ޝްރައްދާ ކަޕޫރު މިހާރު މަސައްކަތް ކުރަމުން އަންނަނީ ރަންބީރު ކަޕޫރާއެކު ލޯބީގެ ފިލްމެއްގައެވެ.

ރޯހަން އާ ޝްރައްދާގެ ގުޅުމަށް ޝްރައްދާ އެއްބަސްވެފައި ނުވި ނަމަވެސް ރޯހަން އާއި ޝްރައްދާ ވަނީ ވަރަށް ގިނައިން އެކުގައި ފެނިގެން ގޮސްފައެވެ. އަދި މި ދެމީހުން 2020 ވަނަ އަހަރު ކައިވެނި ކުރަން އުޅުނު ކަމުގެ އަޑުތަކެއް ވެސް މީގެ ކުރިން ފެތުރިފައިވެއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!