Monday, 9 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކޮޕް ސަމިޓަށް ރައީސް މާދަމާ ތުރުކީއަށް ވަޑައިގަންނަވަނީ

ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މާދަމާ ތުރުކީއަށް ވަޑައިގަންނަަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ މާދަމާ އެ ދަތުރުފުޅު ފައްޓަވާކަން އިއުލާންކުރައްވައިފައެވެ.

ތުުރުކީގެ އަންތާލިޔާގައި ކުރިއަށްދާ ކޮޕް ސަމިޓް މި މަހުގެ 20އާ ހަމައަށް ކުރިއަށްދާނެއެވެ.

ރައީސް މިއަދު ވިދާޅުވީ އެ ސަމިޓުގައި ގޮނޑުދޮށްތައް ގިރުން ހުއްޓުވުމަށާއި މޫސުމީ އެކި މައްސަލަތަކާ ގުޅޭ ގޮތުން ރާއްޖެއިން ވަކާލާތުކުރައްވާނެ ކަމަށެވެ.

ކޮޕް ސަމިޓަކީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާހަދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ)ގެ ދަށުން ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ސަމިޓެކެވެ. ކޮޕްއަކީ މި މުއާހަދާ ތަންފީޒު ކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރުމަށް އެއްމޭޒެއްގެ ދޮށަށް އަންނަ އެންމެ މަތީ ނިންމުންތައް ނިންމާ ސަމިޓެވެ. މިއީ މިފަދަ 26ވަނަ ބައްދަލުވުމެވެ.

މީގެ ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެ ބޭފުޅުންގެ ވެރިކަމުގައި ކޮޕް ސަމިޓަށް ވަޑައިގެން މޫސުމީ މައްސަލަތަކަށް ވަަކާލާތުކުރައްވާފައެވެ.


ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް