Tuesday, 10 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ބޯޓަކަށް އެރުވި މަސް ކޭސްތަކަކަށް ޚިޔާނާތްތެރިވި ކައްޕިއަކަށް ބޮޑު ޖޫރިމަނާއެއް

އެސްޓީއޯގެ 300 މަސްދަޅު ކޭހަށް ޚިޔާނާތްތެރިވި ބޯޓެއްގެ ކައްޕި 1.1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، 6 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ފިހާރައެއްގައި ބެހެއްޓިފައިވާ މަސްދަޅުތަކެއް / ފޮޓޯ: ޕީއެސްއެމް
ފިހާރައެއްގައި ބެހެއްޓިފައިވާ މަސްދަޅުތަކެއް / ފޮޓޯ: ޕީއެސްއެމް

ލ. ފޮނަދޫގައި ހުންނަ އެސްޓީއޯ ފިހާރައަށް ގެންދިއުމަށް ބޯޓަކަށް އެރުވި 300 މަސްދަޅު ކޭހަށް ޚިޔާނާތްތެރިވި މައްސަލައިގައި، އެ ބޯޓުގެ ކައްޕި ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކުށް ސާބިތުވެފައި ވަނީ ޅ. ހިންނަވަރު، ބޮޑުހިޔާގެ، މުޙައްމަދު ފަޔާޟްގެ މައްޗަށެވެ.

ފަޔާޟްގެ މައްޗަށް ދަޢުލަތުން އުފުލީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ. މި ހާދިސާ ހިނގާފައި ވަނީ 2018ވަނަ އަހަރުގެ ނޮވެމްބަރު މަހު، އެސްޓީއޯއިން މުދާ އުފުލުމަށް ކުއްޔަށް ހިފާފައިވާ "ކަމަނަ" ބޯޓަށް، ފޮނަދޫ އެސްޓީއޯ ފިހާރައަށް ގެންދިއުމަށް މިފްކޯއިން ވަނީ 192,000 ރުފިޔާގެ އަގުހުރި 300 މަސްދަޅު ކޭސް ބަރުކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގުންނާއި ހެކިންގެ ބަހުން އެނގިފައިވާ ގޮތުގައި، ބޯޓު ފޮނަދޫއަށް ދިޔުމަށް ފަހު އެ މުދާ އެސްޓީއޯއާ ހަވާލެއް ނުކުރެއެވެ. އޭގެ ބަދަލުގައި ކައްޕިއަކަށް ހުރި ފަޔާޟް ވަނީ ރޭގަނޑުގެ ވަގުތެއްގައި ޑިންގީއަކާއި އެހެން އުޅަނދަކަށް އެ ކޭސްތައް ބަރުކޮށްގެން އެހެން ރަށަކަށް ފޮނުވާލާފައެވެ. މި މުދާ ގެއްލުމުން އެސްޓީއޯއިން ވަނީ އެ ތަކެތީގެ އަގަށްވާ ފައިސާ ބޯޓުގެ ކުލީގެ ތެރެއިން އުނިކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ ގާޟީ އިބްރާހީމް ޛިހުނީ ކުރެއްވި ޙުކުމުގައި ވަނީ، ދައުލަތުން ހުށަހެޅި ހެކިތަކުން ފަޔާޟްގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. ގެއްލުވާލި މުދަލުގެ އަގު 50,000 ރުފިޔާއަށްވުރެ ބޮޑުވުމުން މިއީ ޖިނާޔަތުގެ 4ވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ނަމަވެސް، މައްސަލަ ނިމެން ގިނަ ދުވަސްތަކެއް ވެފައިވާތީ އާއި ޢާއިލީ ޙާލަތަށް ރިޢާޔަތްކޮށް އަދަބު ލުއިކޮށްދިނުމަށް ފަޔާޟް އެދުމުން، ކޯޓުން ވަނީ ޖަލު އަދަބުގެ ބޮޑު ބައި ޖޫރިމަނާއަށް ބަދަލުކޮށްދީފައެވެ. އެގޮތުން ހަ ދުވަހުގެ ޖަލު އަދަބަކާ އެކު، ބާކީ އޮތް މުއްދަތަށް 114,000 ރުފިޔާގެ ޖޫރިމަނާއެއް ވަނީ ކަނޑައަޅާފައެވެ. މި ފައިސާ ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސްކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް