Tuesday, 10 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސައިކަލެއްގެ ޕޮކެޓުގައި އޮތް ފޯނު ވަގަށް ނެގި މީހަކު ޖަލަށް

މަޖީދީމަގުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ ވަތްގަނޑުގައި އޮތް އައިފޯނެއް ވަގަށް ނެގި މީހަކު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ސައިކަލެއްގެ ޕޮކެޓުގައި އޮތް ފޯނު ވަގަށް ނެގި މީހަކު ޖަލަށް

މާލޭގެ މަޖީދީމަގުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ ވަތްގަނޑުގައި އޮތް އައިފޯނެއް ވަގަށް ނެގި މީހަކު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ވައްކަމުގެ ދައުވާ ސާބިތުވެ ޙުކުމްކޮށްފައި ވަނީ ކ. މާލެ، ހ. އަލަވަލުގެ، ފާރިސް ނަޞީރުގެ މައްޗަށެވެ.

މި ހާދިސާ ހިނގާފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ 22ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ދައުލަތުގެ ދައުވާގައިވާ ގޮތުން، ގ. ރެޑްވޭވް ފިހާރަ ކުރިމަތީގައި ޕާކުކޮށްފައި ހުރި ރަތްކުލައިގެ ސްކޫޕީއެއްގެ ސައިޑް ޕޮކެޓުގައި އޮތް ހއ. އިހަވަންދޫ އަންހެން ކުއްޖެއްގެ "އައިފޯން 13 ޕްރޯ" ފާރިސް ވަނީ ވަގަށް ނަގާފައެވެ. ވަގަށް ނެގި ފޯނުގެ އަގު 5،000 ރުފިޔާއަށް ވުރެ މަތިވާތީ، މިއީ ޤާނޫނުލްއުގޫބާތުގެ ދަށުން ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށެކެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުންތަކުގައި ފާރިސް ވަނީ އެއްވެސް މަޖުބޫރުކަމެއް ނެތި ކުށަށް އިއުތިރާފުވެފައެވެ. އޭނާ ވަނީ ޝަރީއަތުގައި އަދަބު ލުއިކޮށްދިނުމަށް އެދިފައެވެ.

ގާޟީ މުޒައްމިލު ނާޞިރު ކުރެއްވި ޙުކުމުގައި ބުނެފައި ވަނީ، މި ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ. ނަމަވެސް ފާރިސްގެ ކުށުގެ ރެކޯޑު އޮތުމުން އަދަބު އެއް އަހަރަށް ބޮޑުވި ނަމަވެސް، އޭނާ ކުށަށް އިއުތިރާފުވުމާއި، ތަހުޤީޤަށް އެއްބާރުލުން ދިނުމުގެ އިތުރުން ފޯނު އަނބުރާ ރައްދުކޮށްފައިވާތީ އަދަބު ވަނީ ލުއިކޮށްދީފައެވެ.

އެހެންކަމުން، ހުރިހާ ކަމަކަށް ރިއާޔަތްކޮށް ފާރިސްގެ މައްޗަށް ކަނޑައެޅީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އޭނާ ތަހުޤީޤު މަރުހަލާގައި ބަންދުގައި ހުރެފައި ނުވާތީ، ޙުކުމުގެ މުޅި މުއްދަތު ތަންފީޒު ކުރަން ޖެހޭނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް