Tuesday, 10 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ބުރިޖުގެ މަސައްކަތް އަންނަ އަހަރު ނޮވެމްބަރު މަހު ނިމޭނެ ކަމަށް ބެލެވޭ: ވަޒީރު މުއްޠަލިބު

ބުރިޖުގެ މަސައްކަތް އަންނަ އަހަރު ނޮވެމްބަރު މަހު ނިމޭނެ ކަމަށް ބެލެވޭ: ވަޒީރު މުއްޠަލިބު

ތިލަމާލެ ބުރިޖުގެ މަސައްކަތް އަންނަ އަހަރު ނޮވެމްބަރު މަހު ނިމޭނެ ކަމަށް ބެލެވޭ ކަމަށް ބިނާރާ ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވީ ސަރުކާރުން ސިލްސިލާކޮށް ކުރިއަށް ގެންދާ އަހާ ފޯރަމްގެ ރޭގެ ސެޝަންގައި ވާހަކަދައްކަވަމުންނެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތްތައް މި ސަރުކާރުން ހަލުވިކޮށްފައިވާއިރު ވިލިމާލެއާއި މާލެ އަދި ވިލިމާލެއާއި ގުޅިފަޅު ވެސް މިހާރު އޮތީ ގުޅާލައިފައެވެ.

މިނިސްޓަރު ވިދާޅުވީ ތިލަމާލެ ބުރިޖުގެ މަސައްކަތް ގުޅިފަޅުން ފެށިގެން ތިލަފައްޓާ ހަމައަށް ވެސް ކުރިއަށް ގެންދާއިރު މުޅި ބުރިޖުގެ މަސައްކަތް ނިމޭނެކަމަށް މިހާރު އަންދާޒްކުރަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހު ކަމަށެވެ.

އޭގެ އިތުރުން ތިލަފުށިން ފެށިގެން އުތުރު ތިލަފަޅާ ހަމައަށް ވެސް ބުރިޖު އެޅުމަށް ފީސިބިލިޓީ ހަދާފައިވާ ކަމަށާއި އެ މަޝްރޫއުއަށް ލޯނު ލިބުމުން އެ މަސައްކަތުގެ ޑިޒައިންގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކުރާނެކަމަށް ބުންޏެވެ.

ތިލަމާލެ ބުރިޖު ހަދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.

އެ މަޝްރޫއުއަށް އިންޑިއާ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފައިވާއިރު 400 މިލިއަން ޑޮލަރުގެ ލޯނު ދީފައި ވަނީ އިންޑިއާގެ އެގްޒިމް ބޭންކުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް