އެމްޕީއެލް ބޯޑަށް ބޭފުޅަކު އައްޔަންކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބޯޑަށް ބޭފުޅަކު އައްޔަންކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން(ޕީސީބީ)އިން ބުނީ އެމްޕީއެލްގެ ބޯޑަށް މއ. ބޯޅަކިންކިރިމާގެ، އާދަމް އަދީމް އައްޔަނުކުރައްވާފައިވާ ކަމަށެވެ.
އަދީމް ވަނީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް ޕީއެންސީ ޓިކެޓްގައި ވާދަކުރައްވައިފައެވެ. ނަމަވެސް އިންތިހާބުގައި ކާމިޔާބީއެއް ލިބިވަޑައެއް ނުގެންނެވިއެވެ.
އެމްޕީއެލްގެ ބޯޑުގައި މިހާރު ވެސް ހަތް މެމްބަރުން ތިއްބަވައެވެ. އެ ބޯޑުގެ ޗެއާޕާސަންއަކީ އައިމިނަތު ހަމީދުއެވެ.




ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.