Wednesday, 11 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހަ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

ހަ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި


ހަ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރަން ސްޓެލްކޯއާ ހަވާލުކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިވެސްކޮށްފައެވެ.

އެ އެއްބަސްވުމުގެ ދަށުން ފެނާއި ނަރުދަމާ ގާއިމުކުރަން ސްޓެލްކޯއާ ހަވާލުކުރީ ހއ. އަތޮޅުގެ އިހަވަންދޫ، މޮޅަދޫ އުލިގަންގެ އިތުރުން ރ. އަތޮޅުގެ އިންނަމާދޫއާއި ކިނޮޅޮސް އަދި ބ، މާޅޮހުގައެވެ.

އެ ހަތް ރަށުގައި ފެނާއި ނަރުދަމާ އަޅަން ސްޓެލްކޯއާ ހަވާލުކުރީ 116 މިލިއަން ރުފިޔާއަށެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ މަޝްރޫއުތަކުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދީ، ރަށްރަށުގައި ގާއިމުކުރެވިފައިވާ ފެނާއި ނަރުދަމާގެ ނިޒާމުތައް އިތުރަށް ހަރުދަނާކޮށް، ފުޅާ ދާއިރާއެއްގައި އެ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ. މީގެ އިތުރުން، މި ހިދުމަތްތައް މެދުނުކެނޑި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ލިބެމުންދާނެ އިންތިޒާމު ހަމަޖެއްސުމަކީ ވެސް މި އެއްބަސްވުންތަކުގެ މުހިންމު ބޭނުމެއްކަމަށް ވެސް އެންވަޔަރަމަންޓް މިނިސްްޓްރީން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގައި އަސާސީ ޚިދުމަތްތައް ފުރިހަމަކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވަމުން ގެންދަވާއިރު، ސްޓެލްކޯއާ މި މަސައްކަތްތައް ޙަވާލުކުރުމަކީ ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމެއްކަންވެސް ސްޓެލްކޯއިން ފާހަގަކުރިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.