ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
ރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ހުރިހާ ރައްޔިތުންނަށް ހެޔޮއެދުންތަކާއި ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް މި ތަހުނިޔާ ފޮނުއްވީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއް މެދުވެރިކުރައްވައެވެ.
ރާއްޖޭގައި ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 11ވަނަ ދުވަސް ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، ދިވެހި ތާރީޚުގައި ފުރަތަމަ ޖުމްހޫރިއްޔާއެއް ގާއިމުވީ 1953ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.
ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގައި މިހާތަނަށް ހަތް ބޭފުޅަކު ވަނީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައެވެ. އެއީ ރައީސް އިބްރާހީމް ނާސިރާއި، ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، ރައީސް މުޙައްމަދު ނަޝީދާއި، ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ އިތުރުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.




ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.