Thursday, 12 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މި ހިނގާ ބަންދު ދުވަސްތަކުގައި ވެސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ

ޖުމްހޫރީ ދުވަހުގެ ބަންދުގައި ވެސް މާލެ ސަރަހައްދާއި އައްޑޫ ސިޓީގައި ޕާސްޕޯޓުގެ ހިދުމަތް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން
ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސަރުކާރު ބަންދުވި ނަމަވެސް، މި މަހުގެ 11އަދި 12ވަނަ ދުވަހު މާލެ ސަރަހައްދާއި އައްޑޫ ސިޓީގައި ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.

މިއީ ބަންދު ދުވަސްތަކުގައި ރައްޔިތުންނަށް ލުއިފަސޭހަކޮށް ހިދުމަތް ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅެއް ކަމަށް އެ އިދާރާއިން ބުނެއެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، މާލޭގައި ހުންނަ އެ އިދާރާގެ މައި އޮފީހުން ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 09:00އިން ހަވީރު 16:00އަށެވެ. އަދި ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އޮފީސްތަކުން ހެނދުނު 08:30އިން ހަވީރު 16:00އަށް ނަންބަރު ދޫކުރާނެއެވެ.

އައްޑޫ ސިޓީގައި ހުންނަ އިމިގްރޭޝަން އޮފީހުން މި ދެ ދުވަހު ހިދުމަތް ދޭނީ ހެނދުނު 08:30އިން ހަވީރު 17:00އަށެވެ. އޮފީސްތައް ހުޅުވާފައި ހުރި ނަމަވެސް، "އިމުގާ" ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު އޮންލައިންކޮށް ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މީގެއިތުރުން، ބަންދު ދުވަސްތަކުގައި ސިއްހީ އަވަސް ފަރުވާ ފަދަ ކުއްލި ހާލަތްތަކުގައި ޕާސްޕޯޓުގެ ޚިދުމަތް ބޭނުންވާ ފަރާތްތަކުން، އިމިގްރޭޝަންގެ ހޮޓްލައިން ނަންބަރު 9555333އަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.