Wednesday, 11 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރައީސް މުޢިއްޒު ސީޝެލްސްގެ ނައިބު ރައީސާ ބައްދަލުކުރައްވައިފި

ތުރުކީގައި ކުރިއަށްދާ ކޮޕް31 ސަމިޓުގެ ހަވާސާގައި ރައީސް މުޢިއްޒު، ސީޝެލްސްގެ ނައިބު ރައީސް ސަބާސްޓިއަސް ޕިއްލޭއާ ބައްދަލުކުރައްވައި މޫސުމީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސީޝެލްސްގެ ނައިބު ރައީސް ސަބާސްޓިއަސް ޕިއްލޭއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ ކޮންފަރެންސް (ކޮޕް31)ގެ ހަވާސާގައެވެ.

މި ބައްދަލުވުމުގައި، މޫސުމީ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއާއި ސީޝެލްސްއިން ބާރުއަޅާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. މީގެ އިތުރުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ދެ ޤައުމުން ގުޅިގެން ވަކާލާތު ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

އަންތާލިޔާގައި ބާއްވާ ކޮޕް ސަމިޓް މި މަހުގެ 9އިން 20އަށް ކުރިއަށްދާއިރު، ސަމިޓުގެ އެންމެ މުހިންމު ބައި ކަމުގައިވާ ދުނިޔޭގެ ވެރިންގެ ބައްދަލުވުން އޮންނާނީ މި މަހުގެ 11 އަދި 12 ގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.