Wednesday, 11 November 2026
Advertisement
MWSC — SmartMeter (leaderboard)
ވިޔަފާރި

ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި

ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ އެއް މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ނުދައްކާ 25 ފަރާތެއްގެ މައުލޫމާތު މީރާއިން މިއަދު އާންމުކޮށްފިއެވެ.

(މޯލްޑިވެސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ
(މޯލްޑިވެސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކަންޖެހޭ ޓެކުހުގެ ތެރެއިން އެއް މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ނުދައްކާ ތިބި 25 ފަރާތެއްގެ މައުލޫމާތު އެ އޮތޯރިޓީން މިއަދު ހާމަކޮށްފިއެވެ.

މީރާއިން ބުނި ގޮތުގައި މި ފަހަރު އާންމުކޮށްފައި ވަނީ 2024ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާއި، 2024 ޑިސެމްބަރުން ފެށިގެން 2026 ޖޫންގެ ނިޔަލަށް ދައްކަންޖެހޭ އާމްދަނީން ނަގާ ޓެކްސް (އިންކަމް ޓެކްސް) އާއި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތެވެ. މީގެ ތެރޭގައި ހިމެނެނީ އެއް މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ނުދައްކައިވާ ފަރާތްތަކެވެ.

މި ފަރާތްތަކުގެ ނަންތައް ހާމަކުރުމުގެ ކުރިން، ފައިސާ ދެއްކުމަށް އެންގުމަށް ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވާނެ ކަމަށް މީރާއިން ބުންޏެވެ. އެގޮތުން ފޯނުން ގުޅައި، ފައިސާ ނުދައްކައިފިނަމަ އެޅިދާނެ ފިޔަވަޅުތަކުގެ މައުލޫމާތު ދިނުމުގެ އިތުރުން، އެސްއެމްއެސް މެދުވެރިކޮށް ވެސް އެކަން ހަނދާންކޮށްދީފައިވާނެ ކަމަށް އެ އިދާރާއިން ފާހަގަކުރިއެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި އެއްވެސް އިސްތިސްނާއެއް ނެތި ގާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމަށް މީރާއިން ވަނީ ބުނެފައެވެ. އަދި ޓެކްސް ބަޔާންތައް ހުށަނާޅާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ބަޔާންތައް ހުށަހަޅައި، ދައްކަންޖެހޭ ފައިސާ ދައްކައި ހަލާސްކުރުމަށް ވެސް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.