Wednesday, 11 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

4 މީހުންނާ އެކު ދަތުރުކުރި ދޯންޏެއް ރަސްމާލެ އިރުމަތީ ފަރަށް އަރައިފި

ފޮޓޯ: ދިފާއީ، ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ
ފޮޓޯ: ދިފާއީ، ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ

ވ.ފޮއްތެޔޮއިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދަނިކޮށް، ރަސްމާލޭގެ އިރުމަތި ފަރާތު ފަރަށް އެރި 'ކީސާ' ދޯނީގައި ތިބި ފަޅުވެރިންނަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ޤައުމީ ދިފާއީ ބާރުން ބުނީ، މި ހާދިސާގެ މަޢުލޫމާތު ނޮވެންބަރު 10ވަނަ ދުވަހުގެ ރޭ 23:51 ހާއިރު ލިބުމާ އެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ސަރަހައްދަށް ދަތުރުކޮށްފައި ކަމަށެވެ

މި ހާދިސާ ރޭގެ 02:37 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ އެ ދޯނި އޮތް ސަރަހައްދަށް ގޮސް، މި ދޯނިން ދަތުރުކުރަމުންދިޔަ ދިވެއްސަކާއި، ތިން ބިދޭސީން ސަލާމަތްތެރިކަމާ އެކު ހާބަރކްރާފްޓަށް ނަގާފައިވާ ކަމަށް ދިފާއީ ބާރުން މައުލޫމާތުދެއެވެ.. އަދި، އެ ދޯނީގެ ވެރިިފަރާތުން ގެނައި "އޯސަން ރައިޑް" ދޯނި 03:37 ހާއިރު އެ ސަރަހައްދަށް އައުމުން، މި ފަޅުވެރިން ވަނީ އެ ދޯންޏަށް ބަދަލުކޮށްފައެވެ.

މި ހާދިސާގައި އެ ދޯނީގެ ބިދޭސީ ފަޅުވެރިއެއްގެ ވައަތު ފަޔަށް އަނިޔާއެއް ވެފައިވާތީ އެ މިހާ ވަނީ އިތުރު ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ވެސް ދިފާއީ ބާރުން ބުނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.