ތެލެސީމިއާ ކާޑު ޑިޖިޓަލްކޮށްފި

ތެލެސީމިއާ ކެރިއަރެއްތޯ ނުވަތަ ނޫންކަން އެނގޭގޮތަށް ދޭ ކާޑު ޑިޖިޓަލް ކާޑު ޑިޖިޓަލައިޒްކޮށްފިއެވެ.
މޯލްޑިވްސް ބްލަޑް ސާވިސާސްއިން ބުނީ ތެލެސީމިއާއަށް ސްކްރީން ކުރުމުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ގެނައުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ހިދުމަތް ހޯދާ ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމުގެ މަގުސަދުގައި "ތެލެސީމިއާ ކެރިއާ ޑިޖިޓަލް ކާޑު' މިހާރު ތައާރަފްކޮށްފައިވާ ކަމަށެވެ.
އެ ބަދަލާ އެކު ކުރިން ދޫކުރަމުން އައި ޕްރިންޓް ކާޑުގެ ބަދަލުގައި ތެލެސީމިއާ ކެރިއާއެއްކަން ނުވަތަ ނޫންކަން އަންގައިދޭ ކާޑޫގެ ހަތް ބާވަތެއްގެ ސިފަ ހިމެނޭ ޑިޖިޓަލް ކާޑު ލިބިގެންދާނެކަމަށް ބުންޏެވެ.
ޒަމާނީ ޑިޖިޓަލް ޓެކްނޮލޮޖީގެ އެގީގައި ފަރުމާކޮށްފައިވާ މި ކާޑުގައި ކާޑުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ކިއުއާރުކޯޑެއް ވެސް ހިމަނާފައިވެއެވެ. އަދި މި ކޯޑު މެދުވެރިކޮށް ތެލެސީމިއާ ކެރިއަރުންނަށް އާއިލާ ރޭވުމުގައި ބޭނުންވާ މުހިންމު އިރުޝާދުތަކާއި މައުލޫމާތުތައް ފަސޭހަކަމާ އެކު ލިބިގެންދާނެއެވެ. އެގޮތުން ޑިޖިޓަލް ކާޑު މި ވަގުތު ލިބެމުންދާނީ އީމެއިލް އަދި ވަޓްސްއަޕްގެ ޒަރިއްޔާއިން ކަމަށް މޯލްޑިވްސް ބްލަޑް ސާވިސާސްއިން ބުންޏެވެ.






ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.