Wednesday, 11 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފޯނެއް ވަގަށް ނެގުމުން ކުރި ޖޫރިމަނާ ނުދެއްކުމުން ޖަލަށް

ފޯނެއް ވަގަށް ނެގުމުން ކުރި ޖޫރިމަނާ ނުދެއްކުމުން ޖަލަށް


ފޯނެއް ވަގަށް ނެގުމުން ކުރި ޖޫރިމަނާ ނުދެއްކި މީހަކު ޖަލަށް ލާން ހުކުމްކޮށްފިއެވެ.

ފޯނެއް ވަގަށް ނެގި މައްސަލައިގައި ސ. ހިތަދޫ/ މިސްރު ގަނދަކޯޅިމާގެ، އަލީ ވަހީދުގެ ވަހީދުގެ މައްޗަށް ފުރަތަމަ ހުކުމް އިއްވީ މިދިޔަ ޖޫން މަހުއެވެ. އެ މައްސަލައިގައި އޭނާއަށް 21 ދުވަހުގެ ޖަލު ހުކުމެއް އައި ނަމަވެސް ޤާޒީ ވަނީ އޭނާގެ އަދަބު ލުއިކޮށްދީ 4200އިން ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްދީފައެވެ.

ތިން މަސް ދުވަސް ތެރޭގައި ދަޢުލަތަށް ފައިސާ ދައްކަން ހުކުމްކުރި ނަމަވެސް އޭނާ އެ ފައިސާ ދައްކާފައެއް ނުވެއެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުން ވަނީ ޖޫރިމަނާގެ އަދަބު އަލުން މުރާޖާކޮށް އޭނާއަށް ފުރަތަމަ އިއްވި 21 ދުވަހުގެ ޖަލުގެ އަދަބު ތަންފީޒުކުރަން ޖެހޭ އަދަބެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. އެއާ އެކު އޭނާ ވަނީ 21 ދުވަހަށް ލާން ހުކުމްކޮށްފައެވެ.

އެކިއެކި މައްސަލަތަކުގައި ފުރަތަމަ ފަހަރު ޖަލަށް ލުމުގެ ބަދަލުގައި ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްދިނުމުގެ ހުކުމްތައް މިހާރު މިހާރަކަށް އައިސް ހިންގާކަން ފާހަގަކޮށްލެވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.