ދީން

މަސްޖިދުލް ނަބަޥީ ގައި ހިމެނޭ "ރައުޟާ" އާ ބެހޭ ބައެއް މައުލޫމާތު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މަސްޖިދުލް ނަބަޥީގައި ހިމެނޭ "ރިއާދުލް ޖަންނަ" އަކީ އެމިސްކިތުގެ މިންބަރު ކޮޅާއި ރަސޫލާ (ޞޢޥ) ގެ މަޤާމުކޮޅާ ދެމެދު އޮންނަ ސަރަޙައްދެވެ. އެތަނަށް "ރައުޟާ" އޭ ވެސް ކިޔައި އުޅެއެވެ.

Ads by STELCO

އަބޫ ހުރައިރާ ރިވާ ކުރައްވާފައި ވެއެވެ. ރަސޫލާ (ޞޢޥ) ޙަދީޘް ކުރެއްވިއެވެ.

"މަސްޖިދުއްނަބަވީ ކުރާ އެންމެ ނަމާދަކުން ލިބޭ ސަވާބާއި ދަރުމަ އެހެން މިސްކިތްތަކުގައި ކުރާ 1000 ނަމާދަށްވުރެ ހެޔޮކަން ބޮޑެވެ. މަސްޖިދުލް ޙަރާމް މެނުވީއެވެ." (ތިރްމިޛީ 3916)

އަަނަސް ބިން މާލިކް ރަޟިޢަﷲ އަންޙް ރިވާ ކުރައްވާ ވިދާޅުވިއެވެ. ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރެއްވިއެވެ. "ފަހެ ތިޔަބައިމީހުން ރައުޟާ ހުރަސްކުރާއިރު، އެތަނުގެ ހެޔޮކަން ލިބިގަންނާށެވެ." (ތިރްމިޛީ 3510)

މުޅި މަސްޖިދުލް ނަބަޥީ ގައި އަޅާފައި އޮންނަނީ ރަތް ކުލައިގެ ކާޕެޓެވެ. އެހެންނަމަވެސް "ރައުޟާ" ފާހަގަ ކުރުމަށް އެސަރަޙައްދުގައި އަޅާފައި ވަނީ ފެހި ކުލައިގެ ކާޕެޓެވެ.

ފިރިހެނުންނަށް ކޮންމެ ގޭޓަކުން ވެސް ރައުޟާއަށް ވަދެވޭނެއެވެ. ނަމަވެސް އެކަނި ނުދިޔުމަށާއި، އެމީހަކީ ގިނަ މީހުންތަކުގެ ތެރެއިން ދެވޭނެފަދަ ރަނގަޅު ސިއްޙަތެއްގައި ހުރި މީހަކަށްވުން މުހިންމު ކަމުގައި ބައެއް ފަރާތްތަކުން ބުނެއެވެ. ފިރިހެނުންނަށް ބޭނުން ކޮންމެ ވަގުތަކު ރައުޟާއަށް ޒިޔާރަތް ކުރެވޭނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަންހެނުންނަށް ރައުޟާއަށް ޒިޔާރަތް ކުރެވެނީ މަސްޖިދުލް ނަބަޥީގެ ގޭޓް ނަންބަރު 25 އިން އެކަންޏެވެ. އަންހެނުންނަށް ރައުޟާއަށް ޒިޔާރަތް ކުރެވޭނީ ހަމައެކަނި ތިން ވަގުތެއްގައި ކަމަށާއި އެގޮތުން ފަތިސް ނަމާދުގެ ވަގުތަކީ އެކަމަށް އެންމެ ރަނގަޅު ވަގުތު ކަމުގައި ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!