Thursday, 12 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކުރިއަށް އޮތް ފަސް ދުވަހު ވެސް ބޮޑު ބަޔަކަށް ވިއްސާރަ: މެޓް

ރާއްޖޭގެ މޫސުން އަލިވާނެ ކަމަށް ކުރިން ލަފާކުރި ނަމަވެސް، ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

ކުރިއަށް އޮތް ފަސް ދުވަހު ވެސް ބޮޑު ބަޔަކަށް ވިއްސާރަ: މެޓް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަގައި، ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި އުތުރުގެ ރަށްތަކަށް މޫސުން ރަނގަޅުވާން ފަށާނެ ކަމަށް ބެލެވުނު ނަމަވެސް، މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް އަދިވެސް ވިއްސާރަ ކުރާނެ ކަމަށެވެ. މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާ އެކު ވާރޭވެހި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓުން ލަފާކުރެއެވެ.

އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ބުނެއެވެ. ޖުމްހޫރީ ދުވަހާއި ހަފުތާ ބަންދާ ގުޅިގެން ގިނަ ބަޔަކު ދަތުރުފަތުރު ކުރަމުންދާ މި ދަނޑިވަޅުގައި، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެތީ ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.