Thursday, 12 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ބަނގުރާ ގެންގުޅުނު ކަމުގެ ތުހުމަތުގައި ސިފައިންގެ މީހަކު ހައްޔަރުކޮށްފި

ބަނގުރާ ގެންގުޅުނު ކަމުގެ ތުހުމަތުގައި ސިފައިންގެ މީހަކު ހައްޔަރުކޮށްފި

ބަނގުރާ ގެންގުޅުނު ކަމުގެ ތުހުމަތުގައި ސިފައިންގެ މީހަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ  ކ. ތުލުސްދޫ، ވާދޫ، މުހައްމަދު ރަޒާން އަލީ ޒާހިރު، (19އ)އެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ އޭނާ ފަސް ދުވަަހަށް ބަންދުވެސްކޮށްފައެވެ.

އޭނާ ފަސް ދުވަހަށް ބަންދުކުރީ ވަކީލަކާ އެކު އެ މައްސަލަ ކުރިއަށް ގެންދަން ބޭނުންވާތީ ކަމަށް ބަންދު އަމުރުގައި ބުނެފައިވެއެވެ.

ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ރަޒާންއަކީ އެމްއެންޑީއެފްގެ ޕްރައިވެޓެއްގެ މަގާމުގައި މި ވަގުތު ހުރި މީހެކެވެ.

ބަނގުރާ ގެންގުޅުމާއ ބޭނުންކުރުމުގެ ތުހުމަތު އޭނާއަށް ކުރާއިރު އޭނާއާ ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިވާކަމަށް ވެސް ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.