Thursday, 12 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

11 މީހަކު މެރިކަލްޗާ ޓްރެއިނިން ކޯސް ފުރިހަމަކޮށްފި

11 މީހަކު މެރިކަލްޗާ ޓްރެއިނިން ކޯސް ފުރިހަމަކޮށްފި


މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" 11މީހަކު ކާމިޔާބުކަމާ އެކު ފުރިހަމަކޮށްފިއެވެ.

ކ. މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި، އޮކްޓޫބަރު 31އިން ނޮވެމްބަރު 12ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ތަމްރީނު ކޯހުގައި ރާއްޖޭގެ 9އަތޮޅަކުން 11ބައިވެރިން ވަނީ ބައިވެރިވެފައެވެ. މިއީ މިއަހަރު މި ސިލްސިލާގެ ދަށުން ބޭއްވުނު 4ވަނަ ކޯހެވެ.

އެ ކޯސް ނިންމި ބައިވެރިންނަށް މިއަދު ވަނީ ސެޓްެފިކެޓް ހަވާލުކޮށްފައެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ "ހަފްތާ 14"މަގުޗާޓުގައި ހިމެނޭ ވައުދުތަކުގެ ތެރެއިން، ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ގާއިމުކުރުމުގެ ފަންނީ ހުނަރާއި އެކުއަކަލްޗަރގެ ދާއިރާއިން ޒުވާނުން ބާރުވެރިކުރުވުމުގެ މަގުސަދުގައި ފެށިގެން ކުރިއަށްދާ ޕްރޮގްރާމެކެވެ. މީގެ މައިގަނޑު އަމާޒަކީ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި މެރިކަލްޗަރގެ ސިނާއަތެއް ބިނާކުރުމަށްޓަކައި، މި ދާއިރާއިން ބޭނުންވާ ފަންނީ އަދި ގާބިލު އިންސާނީ ވަސީލަތް ތަރައްގީކުރުމެވެ.

ފިޝަރީޒް މިނިސްޓްރީއާއި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމް.އެމް.އާރް.އައި)ގުޅިގެން، ވޯލްޑް ބޭންކުގެ "ޓްރާންސްފޯމް"ޕްރޮޖެކްޓުގެ އެހީތެރިކަމާއެކު ހިންގާ މި ކޯހުގައި މުހިންމު ދާއިރާތަކަކަށް އަލިއަޅުވާލާފައިވެއެވެ. އޭގެ ތެރޭގައި އެކުއަކަލްޗާ ނިޒާމުތަކާއި، ދިރޭ ކާނާ އުފެއްދުމާއި، ފާނައާއި ހުއިފިލަނޑާ އަދި ކްލައުން ފިޝް (މާގަނޑުމަސް)، އިތާމުތް އަދި ސީވީޑް އާލާކުރުމުގެ އިތުރުން، އެ ތަކެއްޗަށް ޖެހޭ ބަލިތައް ދެނެގަނެ ފަރުވާކުރާނެ ގޮތްތައް ހިމެނެއެވެ. އަދި ތިމާވެށްޓާ ރައްޓެހި ގޮތެއްގައި މެރިކަލްޗާ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތްތަކުގެ ތިއަރީ މަޢުލޫމާތާއި، ފާނައާއި ހުއިފިލަނޑާ އަދި މާގަނޑުމަސް އާލާކުރުމުގެ ޢަމަލީ ތަމްރީނު ބައިވެރިންނަށް ވަނީ ފޯރުކޮށްދީފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.