Saturday, 14 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މިސްކިތަށް ވަދެ ބޭއަދަބީ އަމަލު ހިންގި މީހާ ގުރައިދޫ މަރުކަޒަށް ބަދަލުކޮށްފި

މިސްކިތަށް ވަދެ ބޭއަދަބީ އަމަލު ހިންގި މީހާ ގުރައިދޫ މަރުކަޒަށް ބަދަލުކޮށްފި

މާލޭގެ ފުރުގާން މިސްކިތަށް ގެއްލުންދީ އަދި އެ މިސްކިތުގައި ބޭ އަދަބީ އަމަލު ހިންގި ނައުޝާދު މޫސާ(32އ.) ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބަދަލުކޮށްފިއެވެ.

މިސްކިތަށް ތަކުރާރުކޮށް ގެއްލުންދިނުމުގެ ރެކޯޑް އޮންނަ ނައުޝާދު މޫސާ ވަނީ މިސްކިތަށް ގެއްލުން ދިނުމުގެ އިތުރުން އެތަނަށް ބޮޑުކަމުގޮސްފައެވެ. އޭގެ މައްސަލައެއްގައި ދާދި ފަހުން ޖަލު ހުކުމެއް ފުރިހަމަކުރި ފަހުން އޭނާ ދޫކޮށްލިތަނާ މިދިޔަ ބުދަ ދުވަހު މިސްކިތުގައި ވަނީ އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވެ އަމިއްލަ އެދުން ފުއްދި މައްސަލައެެއްގައި އަލުން ހައްޔަރުކޮށްފައެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް ވިދާޅުވީ ނައުޝާދު މިހާރު ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބަދަލުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

ތަރުޖަމާނު ކުރިން ވިދާޅުވި ގޮތުގައި ނައުޝާދު ތަކުރާރުކޮށް ކުރަމުންދާ ކަންކަން ހުއްޓުވުމަށްޓަަކައި އަޅަން ޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.