ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ހުޅުމާލެއިން ފެނިއްޖެ
ގެއްލިގެން ހޯދަމުންދިޔަ ހއ. ދިއްދޫ އާދަމް އިކްރާމް މިއަދު ހުޅުމާލެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުންދިޔަ ހއ. ދިއްދޫ، އާލިޔާ، އާދަމް އިކްރާމް (32އ) މިއަދު ހުޅުމާލެއިން ފެނިއްޖެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އިކްރާމް ފެނުނުއިރު އޭނާގެ ހާލު ރަނގަޅެވެ. އަދި އޭނާ ގެއްލުނު މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން އެ މުއައްސަސާއިން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އިކްރާމް ގެއްލިގެން ޢާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ބުދަ ދުވަހުގެ ރޭގައެވެ. އެއީ އަންގާރަ ދުވަހުގެ ރޭ ދަންވަރުން ފެށިގެން އޭނާގެ އެއްވެސް ޚަބަރެއް ނުވެގެންނެވެ.
ފުލުހުންގެ މަސައްކަތުން އޭނާ ފެނިފައިނުވާތީ، އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދި ފުލުހުން އިއުލާން ކުރީ އިއްޔެގެ ވަގުތެއްގައެވެ.





ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.