Friday, 13 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ގޭސް ލިބޭނެ: މޯލްޑިވްސް ގޭސް

މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ގޭސް ލިބޭނެ: މޯލްޑިވްސް ގޭސް

މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ގޭސް ލިބޭނެކަމަށް މޯލްޑިވްސް ގޭސްއިން ބުނެފިއެވެ.

މެދުއިރުމަތީގެ މަސްރަހު ގޯސްވެ ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލި، ރާއްޖެއަށް ގޭސް ގެނައުމުގައި ދަތިތަކެއް ކުރިމަތިވުމުން މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ގޭސް ފުޅިތަކަށް ގޭސް އަޅާ މިންވަރު އޮތީ މަދުކޮށްފައެވެ.

ނަމަވެސް މޯލްޑިވްސް ގޭސްއިން މިއަދު ބުނީ ގޭސް ލިމިޓް މިހާރު އުވާލައިފައިވާ ކަމަށެވެ. އަދި މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ގޭސް ލިބޭނެކަމަށް ވެސް ބުންޏެވެ.

މޯލްޑިވް ގޭސްއިން އިތުރަށް ބުނިގޮތުގައި އެފަދަ މައްސަލަތައް ދިމާވުން ކުޑަކުރުމަށްޓަކައި ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.

ގޭސް ލިބުން ދަތިވިގެން ލިމިޓުކުރި އިރު 10 ކިލޯގެ ގޭސް ފުޅިއަކަށް އަޅަމުން ދިޔައީ ހަތް ކިލޯގެ ގޭހެވެ. އަދި 22 ކިލޯގެ ފުޅިއަށް 14 ކިލޯ އަދި 45 ކިލޯގެ ފުޅިއަށް 31 ކިލޯގެ ގޭސް އެވެ.

މޯލްޑިވްސް ގޭސްއިން އޭރު ބުނި ގޮތުގައި ގޭސް އަޅާ މިންވަރު ބަދަލުކުރި ނަމަވެސް، ކިލޯއަކަށް ޖެހޭ އަގަށް ބަދަލެއް ނާންނާނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.