Friday, 13 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އޯޓީޕީ ބޭނުންކޮށްގެން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

އޯޓީޕީ ހޯދައިގެން އީ-ސިމްއަށް ނަންބަރު ބަދަލުކޮށް، ބޭންކު އެކައުންޓުތަކުން ފައިސާ ވަގަށް ނަގާ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

އޯޓީޕީ ބޭނުންކޮށްގެން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

އޯޓީޕީ ހޯދައިގެން އީ-ސިމްއަށް ބަދަލުކުރުމަށްފަހު، ބޭންކު އެކައުންޓުތަކާއި ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކޮށްގެން ހިންގާ ސްކޭމްތައް އިތުރުވަމުންދާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ މަކަރާއި ހީލަތުން ޑިޖިޓަލް ވޮލެޓްތައް ހަދައިގެން ހިންގާ މުއާމަލާތްތައް ވެސް އިތުރުވަމުންދާ ކަމަށެވެ.

ފާއިތުވި މަސްދުވަހުގެ ތަހުގީގުތަކަށް ރިއާޔަތްކޮށް ފުލުހުން ބުނީ، ސްކޭމް ހިންގާ ފަރާތްތަކުން ފޯނު ކޯލްތަކާއި މެސެޖުތަކުގެ ޒަރީއާއިން ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ)އާއި ވެރިފިކޭޝަން ލިންކުތައް ހޯދަން މަސައްކަތް ކުރާ ކަމަށެވެ. މިގޮތުން، މިހާރު ބޭނުންކުރާ ނަންބަރަކީ މީގެ ކުރިން އެ މީހުން ބޭނުންކުރި ނަންބަރެއް ކަމަށް ބުނެ ނުވަތަ ރާއްޖެއިން ބޭރުން އައިސް އުޅޭ ކަމަށް ބުނެ އޮޅުވާލައިގެން ކޯޑުތައް ހޯދަމުންދާ ކަމަށް ފުލުހުން ފާހަގަކުރެއެވެ.

މިފަދަ ކޯޑުތައް ހޯދުމަށް ފަހު، ސްކޭމަރުން އެ މީހުންގެ އަމިއްލަ ފޯނަށް އީ-ސިމް މެދުވެރިކޮށް ޝިކާރައަކަށްވާ މީހާގެ ނަންބަރު ބަދަލުކުރެއެވެ. މީގެ ސަބަބުން އަސްލު ސިމް ކާޑުގެ ސިގްނަލް ކެނޑި، ހުރިހާ ފޯނު ކޯލްތަކާއި ބޭންކިން އެސްއެމްއެސްތައް ސްކޭމަރުންގެ ފޯނަށް ލިބެން ފަށާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައުލޫމާތުތައް ބޭނުންކޮށްގެން ބޭންކު އެކައުންޓުތަކުން ފައިސާ ޓްރާންސްފާކޮށް، ބޮޑެތި މާލީ ގެއްލުންތައް ދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިފަދަ ކަންކަމުން ސަލާމަތްވުމަށް އެއްވެސް ފަރާތަކާ އޯޓީޕީ ނުވަތަ ޕިން ހިއްސާނުކުރުމަށާއި، ސަބަބެއް ނެތި ކުއްލިއަކަށް ސިމްގެ ސިގްނަލް ކެނޑިއްޖެނަމަ ލަސްނުކޮށް ޓެލެކޮމް އޮޕަރޭޓަރަށް ގުޅުމަށް ފުލުހުން އިރުޝާދު ދެއެވެ. އަދި ޝައްކުކުރެވޭ ކަމެއް ފާހަގަވެއްޖެނަމަ ނޭޝަނަލް އިމަޖެންސީ ސެންޓަރުގެ ނަންބަރު 911 އަށް ރިޕޯޓުކުރުމަށާއި، އެކައުންޓުތައް ފްރީޒްކުރުމަށް ބޭންކަށް ގުޅުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.