Friday, 13 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ސިޔާސީ ޖަޒުބާތަށްވުރެ ގައުމީ އިހުލާސްތެރިކަން އިސްކުރަން ޖެހޭ: ރައީސް

 ސިޔާސީ ޖަޒުބާތަށްވުރެ ގައުމީ އިހުލާސްތެރިކަން އިސްކުރަން ޖެހޭ: ރައީސް

ސިޔާސީ ޖަޒުބާތަށްވުރެ ގައުމީ އިހުލާސްތެރިކަން އިސްކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ.

ރައީސް މުއިއްޒު އެފަދައިން ގޮވާލެއްވީ ހުރަވީ ދުވަހާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ރާއްޖެ ސަލާމަތް ކުރެއްވި ތާރީހީ ދުވަސް ފާހަގަކުރާއިރު އެ ތާރީހީ ހާދިސާއަށް މިހާރު ތިން ގަރުނު ފުރެން ކައިރިވެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއަދު ދުނިޔޭގެ ކަންކަން ހިނގާގޮތާއި، މި ޒަމާނުގައި މިނިވަންކަން ދިފާއުކުރަންޖެހޭ ގޮތާމެދު ފުންކޮށް ވިސްނާލަންޖެހޭ ކަމަށެވެ

އަދި ތާރީހުން ފިލާވަޅު ލިބިގަނެ މުސްތަގުބަލު އުޖާލާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުވާލައްވައި ރައީސް ވަނީ ސިޔާސީ ޖަޒުބާތުތަކުގެ ކުރިޔަށް ގައުމީ އިހުލާސްތެރިކަން ނެރެ، ޒާތީ އަރާރުންތަކުގެ ކުރިޔަށް ޖަމާއަތުގެ ބާއްޖަވެރިކަން އިސްކުރަން ޖެހިފައިވާކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން، ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ބަދަލުގައި ގައުމީ ސަލާމަތާއި ރައްޔިތުންގެ ފުދުންތެރިކަމަށް ޖާގަދިނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ދަރަނީގެ އަޅުވެތިކަމުގައި ފަނާވުމުގެ ބަދަލުގައި ފުދުންތެރިކަމުގެ ފާގަތި މުސްތަގުބަލަކަށް އަމާޒު ހިފުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖު ނިންމަވާލައްވާފައިވަނީ ދިވެހި ގައުމަށް ކުރިއެރުމާއި ކާމިޔާބީއާއި އާރޯކަން ދެއްވައި، މި ލޮބުވެތި ވަތަން އަބަދުގެ އަބަދަށް މިނިވަންކަންމަތީ ލެހެއްޓެވުން އެދިވަޑައިގެން މާތް ﷲ ގެ ހަޒްރަރުގައި ދުއާ ދަންނަވަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.